މިއަހަރު ހައްޖު އަޅުކަން ބާއްވާނީ ޚާއްޞަ ރައްކާތެރި ކަމާއެކު ސައުދީގައި ދިރިއުޅޭ މަދު ބަޔަކަށް ފުރުސަތު ދީގެން
މިއަހަރު ހައްޖު އަޅުކަން ބާއްވާނީ ޚާއްޞަ ރައްކާތެރި ކަމާއެކު ސައުދީގައި ދިރިއުޅޭ މަދު ބަޔަކަށް ފުރުސަތު ދީގެން
މިއަހަރު ރާއްޖެއިން މީހުންނަށް ހައްޖަށް ނުދެވޭނެކަން އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން 1441 ވަނަ އަހަރުގެ މާތްވެގެންވާ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީ އަރައްބިއްޔާގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި މިވަގުތު ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭ ގޮތަށް ކަނޑައެޅޭ މަދު އަދަދެއްގެ މީހުންނަށް ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ ހައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މީގެއިތުރުން ސައުދީ ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ހައްޖުގެ މަތިވެރި އަޅުކަން ބޭއްވުމަށް ކަމުގައި ވީނަމަވެސް، ހައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަމާލުކަން ދެއްވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.

ސައުދީ ސަރުކާރުން އެގޮތަށް ނިންމާފައިވާތީ މިއަހަރު ރާއްޖެއިން ހައްޖަށް ނުދެވޭނެ ކަމަށް އިއުލާންގައިވެއެވެ މީގެ ކުރިން އެ މިނިސްޓްރީން ވަނީ އެންމެ ފަހު ވަގުތު ހުއްދަ ލިބުނަސް ދިވެހިން ހައްޖަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ދާނެ ކަމަށް ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން