އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި އެޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެންސީ ބަލައިގަނެ، ކެންޑިޑޭޓް ނަންބަރު އެޕާޓީން މިއަދު ތަރުތީބުކޮށްފި އެވެ.

އެމްޑީޕީން މިއަދު ބުނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަށްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައިވަނީ މިއަދު ކަމަށެވެ.

އެގޮތުން ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ ރައީސް ނަޝީދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބިވަޑައިގަތީ ރައީސް ޞާލިޙަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ޕްރައިމަރީއަށް ޤައުމީ މަޖިލިހުން ނަގާ 5 މެމްބަރުންގެ ކޮމެޓީ ނެގުމަށް ނަން ހުށަހެޅުމަށް ހުޅުވާލުމުން ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ ޙުސައިން ޝަޙީމް ހުށަހަޅުއްވާ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު އީސާ ތާއީދު ކުރެއްވި 5 ނަންފުޅު ވަނީ އެވަގުތު ޤައުމީ މަޖިލިހަށް ޙާޟިރުވެތިއްބެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު