އަންނަ ޖުލައި މަހުތެރޭގައި މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ނިއްމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އަންނަ ޖުލައި މަހުގެ ތެރޭގައި މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ނިއްމާފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓް ސުކޫލްތައް ވެސް ހުޅުވާލާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މުޅި ރަމަޟާން މަސް ހިމެނޭގޮތުން، ރައްޔިތުން ގެއިން ނުުނުކުމެ 42 ދުވަހު ގޭބަންދުގައި ހޭދަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް ފުރަބަންދަށް ލުއިތައް ދެމުން އަންނަ އިރު، މިކަމުގައި އަލިމަގެއް ފެންނަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"މައިންބަފައިންނާ މުޅި އާއިލާ އެއްކޮށް ގޭބަންދުގައި ހޭދަކުރުމަކީ ދަތި އުނދަގޫކަމެއް. އެއީ ވަކިވަކި ފަރުދުން މުޅި މުޖުތަމައުގެ ރައްކަލަށްޓަކައި ވީ ގުރުބާނީއެއް." ރައީސް ވިދާޅުވިއެވެ.
ކޯވިޑް19ގެ ރޯގާ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް، މާލެ ސަރަހައްދު ފުރަބަންދުކޮށް، ސަރުކާރުންް އެޅި ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބައި ކިޔަމަންވެފައިވާތީ އެކަމަށް ރައީސް ސޯލިހު ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު