އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ޕްރައިމަރީއާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށް 3 މެމްބަރުންގެ ކޮމިޓީއެއް އެޕާޓީން މިހާރުވަނީ އެކުލަވާލާފައެވެ.
އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ ކުރީގެ ރައީސް އަހުމަދު އަބްދުﷲ އަފީފާއި އެލްޖީއޭގެ ރައީސް އަޕްޝަން ލަތީފާއި މުޙައްމަދު ޙާޝިމެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި އެޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެންސީ ބަލައިގަނެ، ކެންޑިޑޭޓް ނަންބަރު އެޕާޓީން އިއްޔެވަނީ ތަރުތީބުކޮށްފައެވެ.
އެގޮތުން ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ ރައީސް ނަޝީދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބިވަޑައިގަތީ ރައީސް ޞާލިޙަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުން މިހާރުވަނީ އެޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީވެސް މިހާރު އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު