އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ 56،164 މީހުންގެ ލިސްޓު އެޕާޓީން އާންމުކޮށްފިއެވެ.
ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން އިއްޔެ ހުޅުވާލާފައިވާއިރު ވޯޓިން ލިސްޓަށް ޝަކުވާ ހުށައެޅޭނީ ޖެނުވަރީ 1 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ 3 ޖެނުއަރީ 2023 ގައެވެ. ޕްރަައިމަރީގެ ކުރިން އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ނުހިމެނޭ އެމްޑީޕީގެ 39،911 މެންބަރުން އެޕާޓީގެ އޮފީހުގައި އޮންނަ ޕާޓީގެ ދަފްތަރުން އުނިކޮށްފައެވެ. އީސީގެ ދަފްތަރުގައި މިވަގުތު ތިބީ އެމްޑީޕީގެ 58،175 މެންބަރުންނެވެ.
އެމްޑީޕީން އިއްޔެ ވަނީ ޕްރައިމަރީއާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށް 3 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ.
އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ ކުރީގެ ރައީސް އަހުމަދު އަބްދުﷲ އަފީފާއި އެލްޖީއޭގެ ރައީސް އަޕްޝަން ލަތީފާއި މުޙައްމަދު ޙާޝިމެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި އެޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެންސީ ބަލައިގަނެ، ކެންޑިޑޭޓް ނަންބަރު އެޕާޓީން މިހާރުވަނީ ތަރުތީބުކޮށްފައެވެ.
އެގޮތުން ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ ރައީސް ނަޝީދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބިވަޑައިގަތީ ރައީސް ޞާލިޙަށެވެ. ދެކެންޑިޑޭޓުންވެސް މިހާރުވަނީ ކެމްޕޭން ޓީމުތައް އެކުލަވާލައި އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފަށާފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުން މިހާރުވަނީ އެޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީވެސް މިހާރު އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު