ޙަޤީޤީ ހެޔޮ ވެރިކަމެއް ފެނިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ މިދައުރުގައިކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 4 އަހަރު ނިމިފައިވާއިރު އެމަނިކުފާނު މިހާރު ވަނީ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތި ލައްވާނެކަން އިޢުލާނު ކުރަށްވާފައެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ޞާލިޙް ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށައަޅުއްވައި ކެމްޕޭން ފައްޓަވާފައެވެ.
އެކަމާ ގުޅިގެން ސަޢުދު މިއަދު ވިދާޅުވީ 2008ގެ ފަހުން ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ޙަޤީޤީ ހެޔޮ ވެރިކަމެއް ކުރެއްވީ ރައީސް ޞާލިޙް ކަމަށެވެ.
“ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭ.” ސަޢުދު ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބުތައް ތަފްސީލްކޮށްދެއްވަމުން ސަޢުދު ވިދާޅުވީ އިޤްތިޞާދެއް ކުރިއެރުވުމަށް އެންމެ މުހިއްމު ބަހާއަކީ އެތަނެއްގައި އޮންނަ ހަމަޖެހުން ކަމަށެވެ. އެކަން ރައީސް ޞާލިޙްގެ ފުރަތަމަ ހަތަރު އަހަރު ކަށަވަރު ކޮށްދެއްވާފައިވާކަމަށް ސަޢުދު ވިދާޅުވިއެވެ.
ހަމައެއާއެކު ހަމަހަމަ ކަމާއެކު ޢަދުލުއިންސާފު ޤާއިމުކުރެވޭކަމުގެ އިޙްސާސް ރައްޔިތުންނަށް މި ދައުރުގައި ކުރެވޭ ކަމަށާއި އެއްވެސް ތަފާތުކުރުމެއްނެތި މުޅިޤައުމުގައި ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިއަށްދާކަމަށްވެސް ސަޢުދު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިންވެސް ސަޢުދު ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި އިޤްތިސާދީ ކާރިސާއިން އަރައިގަނެ މިއަދު ޤައުމުގެ މިސްރާބު ހުރީ ފުދުންތެރި މިސްރާބަކާއި ދިމާލަށްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު