ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ސްރީލަންކާއަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އަމިއްލަ ދަތުރުފުޅެއްގައި މިއަދު ސްރީލަންކާގެ ވެރިރަށް ކޮލަންބޯއަށް ވަޑައިގަންނަވާފައިވާ ކަމަށެވެ.
މި ދަތުރުފުޅުގެ އިތުރު ތަފްސީލް މިއުވާން ދެއްވާފައެއް ނުވެއެވެ.
ރައީސް މިއަދު ސްރީލަންކާއަށް ވަޑައިގެންފައިވާއިރު އެމަނިކުފާނު އިއްޔެ ވަނީ ނޫސްވެރިންނާ ބައްދަލުކުރަށްވައި ނޫސްވެރިންގެ ގިނަ ސުވާލުތަކަކަށް ޖަވާބުދެއްވާފައެވެ.
އާއަހަރާ ދިމާކޮށް ނުރަސްމީ ދަތުރެއްގައި ރައީސް ލަންކާއަށް ވަޑައިގެންފައިވާއިރު އެދެކަނބަލުންގެ ޢާއިލާގެ ގިނަ ބަޔަކުވެސް އެޤައުމުގައި ދިރިއުޅެމުން ގެންދަވައެވެ.

ކިޔުންތެރިންގެ ހިޔާލު