ރައީސް ނަޝީދަށް މަދުވާ ތަކެތީގެ ލިސްޓެއް އޮތްކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޙަސަން ލަތީފް މިމޭރުމުން ވިދާޅުވެފައިވަނީ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ރޭ ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ރައީސް ނަޝީދު އެ އުޅުއްވަނީ ކޯއްޗެއް މަދުވެގެންތޯ ވަރަށްގިނަމީހުން ސުވާލުކުރައްވާ ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވުމާ ގުޅިގެންނެވެ.

މިނިސްޓަރ މާރިޔާ ރޭ ވިދާޅުވީ ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް އަދި ދައުލަތުގެ ތިން ބާރުން އެއް ބާރުގެ ވެރިޔާ ކަމަށާއި އެހެންކަމުން ރަނގަޅަށް ހިނގަމުންދާ ސަރުކާރަކާ ޖައްސާލައިގެން ރައީސް ނަޝީދު އުޅުއްވަނީ ކީއްވެތޯ ވެސް މީހުން ސުވާލުކުރާ ކަމަށެވެ.

އެކަމާ ގުޅިގެން ޙަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަށް މަދުވާ އެއްޗެތީގެ ލިސްޓު އޮތީ 6 މެއި ބޮމުގެ ހަމަލާއަށްފަހު ޑޮކްޓަރުން ލިޔުނު މެޑިކަލް ރިޕޯޓުތަކުގައި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ޙަސަން ލަތީފް ދެއްވާފައެއް ނުވެއެވެ.



ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މަޢުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާގުޅިގެން، އެ މަޢުލޫމާތު ވަގުތުން ރައީސް ނަޝީދަށް ޙިއްސާކޮށް، ރައީސް ނަޝީދުގެ އިރުޝާދާއެކު، އެމަޢުލޫމާތު ޑިފެންސް މިނިސްޓަރަށް ހިއްސާކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ޙަމަލާއެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު މިނިސްޓަރ މާރިޔާއަށް ޙިއްސާކޮށްފައިވީ ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާގެ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް އެމްއެންޑީއެފާއި ފުލުހުންނަށް ލިބިފައިނުވާ ކަމަށް އެ ދެމުވައްސަސާ އިން ވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު