އީވާން ނަސީމާއި ޙުސައިން ޞަލާޙްގެ މަރަށް އިންސާފު ހޯދައިނުދީ ރައީސް ނަޝީދުވެސް ދެއްވީ އިސްތިޢުފާ ކަމަށް ވިދާޅުވެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ރައީސް ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމަކީ ރައީސް ޞާލިޙް ވެރިކަމުގައި ހުންނަވައި ވެރިކަން ނުކުރެއްވުން ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު އެމޭރުމުން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ހިތްހަމަނުޖެހުމަކީ ރައީސް ޞާލިޙް ވެރިކަމުގައި ހުންނެވުން ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.
އެމަޢުލޫގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ކެނޑިޑޭޓުންގެ ކެމްޕޭން ޓީމްތަކުން ކުރަމުންދާ ބަހުސްގައި ކެލާ ދާއިރާގެ މެންބަރު ޝަރީފްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން ޝަރީފްވަނީ ރައީސް ނަޝީދުވެސް ވަޢުދުތަކެއް ވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަމަށް ވެރިކަމުގައި ހުންނެވި ދުވަސްކޮޅު ރިއެކްޓް ނުކުރެއްވި ކަމަށް ވިދާޅުވެފައެވެ.
ކެލާ އިބުރޭ ވިދާޅުވީ އިވާން ނަސީމާއި ޙުސައިން ސޮލާހުގެ މަރާއި ޖަލުގައި ހިންގި ލާއިންސާނީ ޖަރީމާތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ރައީސް ނަޝީދުވެސް ވައުދުވެ ވަޑައިގެންނެވި ކަމަށެވެ.
“މީގެ އެއްވެސް މަރަކަށް އަދި އެއްވެސް ފަރާތަކަށް އިންސާފުނުލިބި އެއްވެސް ރިއެކްޓެއް ނުކޮށް ނަޝީދު ދިނީ އިސްތިއުފާ!” އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ އެންމެ ހިނގާ މަޢުލޫއަކަށް “ރިއެކްޓް” ވެފައިވާއިރު ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ރޭ ވިދާޅުވެފައިވަނީ ރައީސް ޞާލިޙް ރިއެކްޓު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަމާ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ހަ ކުޅި ކުރިއަށް ކުޅޭ ޕްރޯ-އެކްޓް ކުރާ ޕާޓީއެއް ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.

ނަޝީދު ވެރިކަމަށް އައި އިވާން ނަސީމާއި އަދި ސޮލާހުގެ މަރުތަަކާއި އަދި ޖަލުގަ ހިންގި ލާއިންސާނީ ޖަރީމާތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ވައުދުވެގެން. މީގެ އެއްވެސް މަރަކަށް އަދި އެއްވެސް ފަރާތަކަށް އިންސާފުނުލިބި އެއްވެސް ރިއެކްޓެއް ނުކޮށް ނަޝީދު ދިނީ އިސްތިއުފާ!@DhiMdv #Ibu2023
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) December 30, 2022
އެމްޑީޕީގެ ޕްރައިމަރީގެ އެންމެ ހިނގާ މަޢުލޫއަކަށް “ރިއެކްޓް” ވެފައިވާއިރު ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ރޭ ވިދާޅުވެފައިވަނީ ރައީސް ޞާލިޙް ރިއެކްޓު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަމާ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ހަ ކުޅި ކުރިއަށް ކުޅޭ ޕްރޯ-އެކްޓް ކުރާ ޕާޓީއެއް ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު