ގިނަ އަދަދެއްގެ ބަޔަކާއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ހިނގާލުން ބާއްވައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ މި ހިނގާލުމަކީ އިދިކޮޅު ލީޑަރ ކުރީގެ ރައީސް ޢަބްދުالله ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ބާއްވާ ހިނގާލުމެކެވެ.

މި ހިނގާލުން ފަށާފައިވަނީ މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ދޮރުމަތިންނެނެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ މިހިނގާލުމުގައި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުންނާއި ގިނަ ޢަދަދެއްގެ ޢާއްމުންދަނީ ބައިވެރިވަމުންނެވެ.

ފުލުހުންގެ އެއްބާރުލުމާއިއެކު ފަށާފައިވާ މިހިނގާލުން ނިންމާނީވެސް ޕީޕީއެމް އޮފީސް ކައިރިއަށްކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.



ހިނގާލުމުގައި ބައިވެރިވާ މީހުން ތިބީ ޤައުމީ ދިދަ ހިފައިގެންނެވެ. ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރިއަށްގެންދާ މި ހިނގާލުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދާނެކަމަށް ޕީޕީއެމުންވަނީ ބުނެފައެވެ.

މާލޭގައި ކުރިއަށްގެންދާ މިހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ކައިރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު