ޤައުމު އިސްލާޙްކުރަން އެދޭނަމަ ފުރަތަމަ އިސްލާޙްކުރަންވީ އަމިއްލަ ނަފްސުކަމަށް ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ދާޚިލީ ވަޒީރުކަމުގެ މަޤާމުގައިވެސް ހުންނެވި އިމްރާން މި މޭރުމުން ވިދާޅުވެފައިވާއިރު 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް ސިޔާސީ ޕާޓީތަކުން ވަނީ ފަށާފައެވެ.
އިމްރާން މިއަދު ވިދާޅުވީ ޤައުމާ ރައްޔިތުން އިސްލާޙުކޮށް ހެޔޮމަގަށް ބަދަލުކުރަށްވަން އެދިވަޑައިގަންނަވާ ބޭފުޅުން ފަށަން ޖެހެނީ އަމިއްލަ ނަފްސާ ހަމައިން ކަމަށެވެ.
“އަމިއްލަ ނަފްސު އިސްލާޙުނުކޮށް ޤައުމާ ރައްޔިތުންނަށް ރަނގަޅުގޮތް ހޯދައިދޭނީ ކިހިނެއް ހެއްޔެވެ?” އިމްރާން ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ފޯރިގަދަވަމުން އަންނައިރު ދާދިފަހުން އިދިކޮޅު ލީޑަރ ރައީސް ޔާމީނަށް ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ހަމައެއާއެކު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ޞާލިޙާއި ރައީސް ނަޝީދު ގެންދަވަނީ މަސައްކަތް ކުރަށްވަމުންނެވެ.
އޭގެ އިތުރުން ޖުމްހޫރީ ޕާޓީންވެސް އިންތިޚާބުގައި ވާދަކުރާނެކަން ހާމަކޮށްފައިވާއިރު ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމާއި ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރުވެސް ވަނީ އިންތިޚާބުގައި ވާދަކުރަށްވާނެކަން ހާމަކުރަށްވާފައެވެ.

Qauma,Rayyithun Islaahkoh heyo magah badhalukurahvan edhivadaigannava beyfulhun fattavan jehey hisaabakee Amilla nafseve.amilla nafsu islaah nukoh qauma rayyithunnah rangalhu goiy hoadhaidheynee kihineh hehyeve?
— Imran Abdulla (@ShimranAb) December 31, 2022
ރިޔާސީ އިންތިޚާބުގެ ފޯރިގަދަވަމުން އަންނައިރު ދާދިފަހުން އިދިކޮޅު ލީޑަރ ރައީސް ޔާމީނަށް ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ހަމައެއާއެކު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ޞާލިޙާއި ރައީސް ނަޝީދު ގެންދަވަނީ މަސައްކަތް ކުރަށްވަމުންނެވެ.
އޭގެ އިތުރުން ޖުމްހޫރީ ޕާޓީންވެސް އިންތިޚާބުގައި ވާދަކުރާނެކަން ހާމަކޮށްފައިވާއިރު ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމާއި ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރުވެސް ވަނީ އިންތިޚާބުގައި ވާދަކުރަށްވާނެކަން ހާމަކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު