ފުލުހުންގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އާއި އެހެން އެއްވެސް މުއައްސަސާއަކަށް ވެސް ވަދެވިގެން ނުވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުލުހުންގެ ޚިދުމަތުގެ ބިލަށް ހުށައެޅި އިސްލާހުތަކުގައި ފުލުހުންގެ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު ހޯދުމާއި ފުލުހުންނަށް ބައެއް ކަންކަމާ ގުޅޭ އެންގުންތައް އެންގުމާއި މައުލޫމާތު ހޯދުމުގެ ބާރު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ވަނީ ދީފައެވެ. ފުލުހުންގެ ބިލު ދިރާސާކުރަމުން ދަނީ ވެސް 241 ކޮމިޓީންނެވެ.
އެ ބިލު ދިރާސާކުރުމުގެ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ މުއައްސަސާގެ ބައެއް އިސް އޮފިސަރުން ވަނީ ހާޒިރުކޮށްފައެވެ. އެކޮމެޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ހިނގާ މިނިވަން އޮޕަރޭޝަންތަކުގެ ތެރެއަށް ވަނުމުގެ ބާރު އެއްވެސް މުއައްސަސާއަކަށް އޮވެގެން ނުވާނެ ކަމަށެވެ. އޮޕަރޭޝަންތަކުގައި ވަކި ގޮތަކަށް އަމަލުކުރަން އެންގުމުގެ ބާރެއް ދެވިގެން ނުވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިލްތިމާސަކީ، އެ އޮންނަ (ފުލުހުންގެ) އިންޑިޕެންޑެންޓް އޮޕަރޭޝަނަށް (މުއައްސަސާތަކުން) ނުވަނުން. އެއްވެސް މީހަކަށް ފުލުހުން ގާތަކު ނުބުނެވޭނެ، މިވެނި މީހެއްގެ މައްސަލަ ފުރަތަމަ ބަލަން ނުވަތަ މިވެނި މީހެއްގެ މައްސަލަ ބާއްވާކަށް. މި މައްސަލައަށޭ އިސްކަންދޭނީ. މި އަމުރެއް ނުކުރެވޭނެ." ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތް ހިމެނޭ ގޮތަށް ސަލާމަތީ ހިދުމަތްތައް ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތެއް މަޖިލީހުގެ 241 ކޮމިޓީއަށް ގާނޫނު އަސާސީއިން މަތިކޮށްފައިވާ ކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ ގާނޫނު އަސާސީން މަތިކޮށްފައިވާ އިމުގެ ތެރެއިން 241 ކޮމިޓީއަށް މިހާރު ވެސް އެ މަސައްކަތް ކުރެވޭނެ ކަމަށެވެ.
241 ކޮމިޓީއަށް ބާރުތަކެއް ލިބޭ ގޮތަށް އޮތުމުން ބިލަށް ފާޑުކިއުންތަކެއް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ. އެ އިސްލާހުތަކަކީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް މިހާރުގެ ސަރުކާރުންނާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންގެ ސިޔާސީ ނުފޫޒު ވެއްދޭ ގޮތަށް ފަރުމާކޮށްފައިިވާ ބިލެއް ކަމަށް އިދިކޮޅު ފަރާތްތަކުންވެސް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު