އަހުމަދު ޝާހް   1 ޖެނުއަރީ 2023 - 17:29
ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި އައްބާސް އާދިލް ރިޒާގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އައްބާސް އާދިލް ރިޒާ ހައްޔަރުކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އައްބާސް ހައްޔަރުކޮށްފައިވާއިރު، އޭނާގެ ނަމުގައި ހުޅުވާފައިވާ ޓްވީޓަރ އެކައުންޓަކުން ވަނީ އިންޑިއާ ހައިކޮމިޝަނުގައި ރޯކޮށްލުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާފައެވެ.

އައްބާސް ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އަދި މުއްދަތު ހަމަވާތީ ކޯޓަށް ޙާޟިރުކުރުމުން އިތުރު 7 ދުވަސްވަނީ ދީފައެވެ.

ބައެއް މީޑިއާތަކަށް މީގެކުރިން ދީފައިވާ މައުލޫމާތުތަކުގައި އައްބާސް ވިދާޅުވެފައި ވަނީ އެ ޓްވިޓަރ އެކައުންޓުން އައްބާސްގެ ނަމުގައި ޓްވީޓްކުރަނީ އޭނާ ނޫންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު