މިއަހަރަކީ މުހިންމު އަހަރެއް ކަމަށާއި، ނިންމުންތައް ނިއްމާއިރު ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިއަދު ގޮވާލައިފި އެވެ.
މީލާދީ އާއަހަރު ފެށުމުގެ މުނާސަބާތާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުވައި އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފެށުނު 2023 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި މުހިންމު އަހަރަކަށް ވެގެންދާނެ ކަމަށެވެ.
އެގޮތުން ހުރިހާ ރައްޔިތުންވެސް ކަންކަމާއި މެދުގައި ވަރަށް ފުންކޮށް ވިސްނައި، ނިންމުންތައް ނިންމާއިރު ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
"ދުއާއަކީ، ފެށުނު 2023 ވަނަ އަހަރަކީ ދިވެހިރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި އަހަރެއްކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ޙިދާޔަތުގައި ސާބިތުކަމާއިއެކު ދެމި ތިބުމުގެ ތަޢުފީގު ދެއްވައި ދިވެހިންގެ މެދުގައި އެއްބަނޑު އެއްބަފާކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމެވެ." ކުރީގެ ރައީސް މައުމޫން ލީޑަރު ކަން ކުރައްވާ އަދި މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މީލާދީ އާއަހަރު މިއަދު ފެށިފަައިވާއިރު މިއަހަރުގެ އެންމެ މުހިންމު ކަމަކަށް އޮންނާނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު