ރާއްޖޭގައިވެސް މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭ ކަމަށް ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
އާ އަހަރު ފާހަގަ ކުރުމަށް ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ވަނީ ހަވާ އެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތަކާއި މިއުޒިކް ޝޯވއެއް ކުރިއަށް ގެންގޮސްފައެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި އެ ޝޯވގައި އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޕަވްނީ ޕާންޑޭވެސް ހުށައެޅުންތަށް ހުށައަޅައިދީފައެވެ.
އެ ޝޯވއާ ގުޅޭގޮތުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ރާއްޖޭގައިވެސް މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭ ކަމީ ހަގީގަތެއް ކަމަށެވެ. އަދި އެ ފުރުސަތު އެ ރައްޔިތުންނަށް އޮންނަންވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"ރޭގެ ޝޯ ބަލާލަން 20000 އާއި ގާތްކުރާ އަދަދަކަށް ހުޅުމާލެ ޓްރެކް އެއްކޮށް ފުރާލި،" އާ އަހަރުގެ ތަހުނިޔާ ފޮނުއްވަމުން މަހުލޫފް ވިދާޅުވިއެވެ.
ރޭގެ ޝޯގައި އިންޑިޔާގެ ލަވަކިޔުންތެރިޔާ ޕަވްނީގެ އިތުރުން ވެސް ދިވެހި "ހަބޭސް" ބޮޑުބެރު، ފިއުޝަން، އަދި ލެވިޓޭޝަންގެ ފޯރިގަދަ ހަރަކާތްތައް ވަނީ ހުށައަޅައިދީފައެވެ.
ލަވަ ކިޔައި މިޔުޒިކް ކުޅުމަކީ އިސްލާމްދީންގައި ހުއްދަ ކަމެއް ނޫން ކަމަށް ބައެއް ދީނީ އިލްމްވެރިން ވިދާޅުވެއެވެ. އާ އަހަރާއި ދިމާކޮށް މިއުޒިކް ޝޯ ބޭއްވުމުން ބައެއް ދީނީ އިލްމްވެރިންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ރާއްޖޭގައިވެސް މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭކަމީ ހަގީގަތް، އެފުރުސަތު އެރައްޔިތުންނަށްވެސް އޮންނަންވާނެ.
— Ahmed Mahloof (@AhmedMahloof) January 1, 2023
ރޭގެ ޝޯވް ބަލާލަން 20000 އާއި ގާތްކުރާ އަދަދަކަށް ހުޅުމާލެ ޓްރެކް އެއްކޮށް ފުރާލި.
އައު އަހަރުގެ ތަހުނިޔާ އަރިސްކުރަން. ❤️ pic.twitter.com/1NnXZbW0vu
"ރޭގެ ޝޯ ބަލާލަން 20000 އާއި ގާތްކުރާ އަދަދަކަށް ހުޅުމާލެ ޓްރެކް އެއްކޮށް ފުރާލި،" އާ އަހަރުގެ ތަހުނިޔާ ފޮނުއްވަމުން މަހުލޫފް ވިދާޅުވިއެވެ.
ރޭގެ ޝޯގައި އިންޑިޔާގެ ލަވަކިޔުންތެރިޔާ ޕަވްނީގެ އިތުރުން ވެސް ދިވެހި "ހަބޭސް" ބޮޑުބެރު، ފިއުޝަން، އަދި ލެވިޓޭޝަންގެ ފޯރިގަދަ ހަރަކާތްތައް ވަނީ ހުށައަޅައިދީފައެވެ.
ލަވަ ކިޔައި މިޔުޒިކް ކުޅުމަކީ އިސްލާމްދީންގައި ހުއްދަ ކަމެއް ނޫން ކަމަށް ބައެއް ދީނީ އިލްމްވެރިން ވިދާޅުވެއެވެ. އާ އަހަރާއި ދިމާކޮށް މިއުޒިކް ޝޯ ބޭއްވުމުން ބައެއް ދީނީ އިލްމްވެރިންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު