އެދިވަޑައިގެންނެވި ގޮތަށް މި ސަރުކާރުން ކަންކަން ނުކުރުމުން މިހާރު މިވަނީ ބޮޑު ދައްޗަކާއި ކުރިމަތިލާން ޖެހިފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކާއިއެކު ޕާޓީ ހަރުގޭގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިމާވެދާނެ ދަތިހާލަތަކަށްޓަކައި ރާއްޖޭން ނަގާފައިވާ ދަރަނިތައް ރީ ސްޓްރަކްޗަރ ކުރަން އެކިފަހަރުމަތިން ސަރުކާރަށް ލަފާ ދީފައިވާނޭ ކަމަށެވެ.
އެގޮތުން 2018، 2019 އަދި 2020 ވަނަ އަހަރު ވެސް އެމަނިކުފާނާއި އެމްޑީޕީގެ މެންބަރުން ވެސް އެދެމުންދިޔައީ ދަރަނި ރީ ސްޓްރަކްޗަރކޮށް ދަރަނި އަދާކުރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް، އެކަމަށް ސަރުކާރުން އިޖާބަ ނުދެއްވި ކަމަށް މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ސަރުކާރުގެ އަޅާލުން ކުޑަކަމުގެ ސަބަބުން، ދައްޗާ ކުރިމަތިލާން ޖެހި، ތަކެތީގެ އަގު ބޮޑުވެ ސަރުކާރުގެ ހަރަދު ކުޑަކުރަންވެސް ޖެހިފައިވާ ކަމަށެވެ. އެގޮތުން އެކިއެކި އިނާޔަތްތައް މަދުކުރާންޖެހި ރައްޔިތުން ދަތީގެ ތެރެއަށް ދާންޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީގެ މެންބަރުން އެ ޕާޓީއާއި ދުރުވާންޖެހުނު ބައެއް ސަބަބުތައް ވެސް ވިދާޅުވިއެވެ. އެގޮތުން އޭގެ އެންމެބޮޑު އެއް ސަބަބަކީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށް ނުދެވުން ކަމަށާއި މާލެއާއި ރާއްޖޭގެ ގިނަ ރަށްރަށުގައި ވެސް މި މައްސަލަ ވަރަށް ބޮޑުކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރުން އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރަން މަސައްކަތް ނުކުރާ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު، ސަރުކާރުން ބުނަމުންދަނީ ގޯތި ގެދޮރުގެ އެކި މަޝްރޫއުތައް މިހާރުވެސް ކުރިއަށް ދާކަމަށެވެ. އަދި ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިން އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާ ގޯތީގެ ފަތް ދެއްވާނެކަމަށް ރައީސް ޞާލިޙް ވަނީ ވައުދުވެވަޑައިގެންފައެވެ.
މީގެއިތުރުން ދަރަނި ދެއްކުމުގައި ވެސް އެއްވެސް ދަތިކަމެއް ނެތް ކަމުގައި ސަރުކާރުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު