ކޯލިޝަންގެ ބައިވެރިންގެ ބައްދަލުވުމެއްގައި (ފޮޓޯ ސޯޝަލް މީޑިއާ)
ކޯލިޝަންގެ ބައިވެރިންގެ ބައްދަލުވުމެއްގައި (ފޮޓޯ ސޯޝަލް މީޑިއާ)
ސަރުކާރު ކޯލިޝަން ދެމިއޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަނެއްކާވެސް ދެއްވި ޔަގީންކަމާއެކު އެމްއާރްއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވައިފި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަން ދެމިއޮންނާނެ ކަމަށާއި މިއީ އަބަދުވެސް ކޯލިޝަން ސަރުކާރެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން މިސަރުކާރު އިންތިޚާބުކުރިގޮތް ދަމަހައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓަދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެކަމާ ގުޅުވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާތީ އެމްއާރްއެމްގެ ނަމުގައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ކޯލިޝަންގެ ޔަގީންކަން ރައީސް ދެއްވި ނަމަވެސް މީގެ ގެކުރިން ކެބިނެޓުން ވަނީ އަދާލަތު ޕާޓީގެ ސްލޮޓެއް ގެއްލިފަ އެވެ. އަދި ހައުސިން މިނިސްޓްރީ އުވާލުމާއެކު އެމްއާރްއެމްގެ ސްލޮޓެއް ވެސް މަދުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ. ރައީސް ޞާލިޙް މިއަދު ވަނީ ޕާޓީތަކުން މަދުވެފައިވާ ބައި ފުރިހަމަ ކުރައްވާނެ ކަމުގެ އިޝާރާތެއްވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން