ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ފޯމަށް ގެނައި ބަދަލާއެކު، އީސީއަށް ހުށައެޅޭ ފޯމުގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ޕާޓީތަކުން ހުށަހަޅާ ފޯމުގެ ސައްޙަކަން އިތުރަށް ކަށަަވަރުކުރުމަށް، ފޯމުގައިވާ ފޯނު ނަންބަރަށް އެސްއެމްއެސް ކުރުމާއި، އީސީގެ ވެބްސައިޓުގައި ފޯމުގެ މަޢުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް މިހާރު 7 ދުވަސް ދެވޭ ކަމަށެވެ.
އަދި މިގެނައި ބަދަލާއެކު މީގެކުރިން ޕާޓީތަކަށް ވަނުމަށްއެދި ހުށައަޅަމުންދިޔަ ފޯމުތަކުގެ ޢަދަދަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ޙަބީބު ވިދާޅުވިއެވެ.
އެގޮތުން މިދިޔަމަހު ހުށައެޅި ފޯމުގެ ޢަދަދު މިދިޔަ އަހަރުގެ އެމުއްދަތުގައި ހުށައެޅި ފޯމަށްވުރެ 22 އިންސައްތަ ދަށްވެފައިވާކަމަށް ޙަބީބު ވިދާޅުވިއެވެ.
އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލައަށް ހައްލެއް ހޯދުމަށް އިލެކްޝަނުންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، މެންބަރުން ދަފްތަރުގައި ޖެއްސުމުގެ ކުރިން ފޯމްތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލަން މިހާރުވަނީ ފަށާފައެވެ. އަދި ފޯމުތަކުގެ ތެރެއިން ސައްހަ ނޫން ފޯމެއް ހިމެނޭނަމަ އެ ފޯމެއް ހުށަހެޅި ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކުރާ ގޮތަށް އިލެކްޝަނުން މިހާރުވަނީ ނިންމާފައެވެ.

ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ޕާޓީތަކުން ހުށަހަޅާ ފޯމުގެ ސައްޙަކަން އިތުރަށް ކަށަަވަރުކުރުމަށް، ފޯމުގައިވާ ފޯނު ނަންބަރަށް އެސްއެމްެއެސް ކުރުމާއި، އީސީގެ ވެބްސައިޓުގައި ފޯމުގެ މަޢުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް 7 ދުވަސް ދެވޭ. @ElectionsMv pic.twitter.com/agZ1LjI6Zz
— Ismail Habeeb (@IsmailHabeeb) January 2, 2023
އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލައަށް ހައްލެއް ހޯދުމަށް އިލެކްޝަނުންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، މެންބަރުން ދަފްތަރުގައި ޖެއްސުމުގެ ކުރިން ފޯމްތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލަން މިހާރުވަނީ ފަށާފައެވެ. އަދި ފޯމުތަކުގެ ތެރެއިން ސައްހަ ނޫން ފޯމެއް ހިމެނޭނަމަ އެ ފޯމެއް ހުށަހެޅި ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކުރާ ގޮތަށް އިލެކްޝަނުން މިހާރުވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު