މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ހުއްޓާލާނީ އެކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލަތައް އިންސާފާހަމައަށް ވާސިލުވުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މަރު ކޮމިޝަނަކީ، އެމަނިކުފާނު ވަރަށް ހެޔޮ ނިޔަތުގައި އުފައްދަވާފައިވާ ކޮމިޝަނެއްކަމަށެވެ. އެކޮމިޝަނުގައި ބައެއް މެންބަރުން މަދުނަމަވެސް އިތުރު މެންބަރުން ޢައްޔަންކުރެއްވުމުގެ ވިސްނުމެއް ނެތްކަމަށާއި އައު މެންބަރުން ޢައްޔަންކުރައްވައިފިނަމަ އެކޮމިޝަނުން ހިންގާފައިވާ ތަޙްޤީޤްތައް އަލުން ފަށަން ޖެހިދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ނޫސްވެރިޔާ އަޙްމަދު ރިލްވާނުގެ މައްސަލައާއި، ޑރ.އަފްރާޝިމް ޢަލީގެ މަރުގެ މައްސަލައާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި، ރ.މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ އިތުރުން 28 މައްސަލައެއް ރިޔާސީ ކޮމިޝަނުން ބަލަންފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އެ މައްސަލަތަކުގެ ތެރެއިން 2 މައްސަލައެއްގެ މަސައްކަތް މުޅިން ނިންމާލެވިފައިވާކަމަށެވެ. 9 މައްސަލައެއްގެ ތަޙްޤީޤް ނިންމައި ރިޕޯޓް ލިއުމުގެ މަސައްކަތްކުރިއަށް ދާކަަމަށް ރިޔާސީ ކޮމިޝަނުން އެމަނިކުފާނަށް އަރުއްވާފައިވާ މައުލޫމާތުތަކާ ޙަވާލާދެއްވައި ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ބައެއް މައްސަލަތަކުގެ ތަޙްގީގް މިހާރު އޮތް ހިސާބު ތަފްސީލުކޮށްދެއްވާފައެވެ.
"ފުރަތަމަކަމަކަށް ޑރ.އަފްރާޝީމްގެ މަރުގެމައްސަލައިގެ ފައިނަލް ރިޕޯޓް ތައްޔާރުކޮށް އޭގެ އިތުރަށް ދައުވާކުރަން ފޮނުވަންޖެހޭ މީހުންގެ ނަންތަކެއް ފާހަގަކޮށް ޕީޖީ އޮފީހަށް ފޮނުވުނު. އެހެންނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލަށް އެވަގުތު ފެނިވަޑައިގަތީ ދައުވާކުރަން ކޯޓަށް ހުށައެޅުމަށް އަދި އިތުރު މަޢުލޫމާތު ބޭނުންވާކަމަށް. އެހެންކަމުން އިތުރަށް ތަޙްޤީޤްކުރަން ފެންނަކަމަށް. އެހެންވީމަ އެއާ ގުޅިގެން އިތުރު ތަޙުޤީޤްތަކެއް ފެއްޓުނީ. ހަމަ އެކޮމިޝަނާ ޕޮލިހުގެ ތަޙްޤީޤް ކޮމިޓީއާއެކު. އެހެންވެ އަދި އެ ނުނިމިއޮތީ." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަޙްޤީޤް ނިންމުމަށް އެކޮމިޝަނުން އަމާޒުހިފާފައިހުރީ އަންނަ އޮގަސްޓްމަހުގެ ނިޔަލަށްކަމަށެވެ. ނަމަވެސް އެ މުއްދަތަށްވުރެ އަވަސްކުރެއްވުމަށް އެކޮމިޝަނަށް އަންގަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ރިޔާސީ ކޮމިޝަނުން ބަލާ މައްސަލަތަކަށް އިިންސާފު ލިބެންދެން މެދުނުކެނޑި މަސައްކަތް ކުރައްވާނެކަން ހާމަކުރައްވާފައެވެ.ކޮމިޝަނުން ތަޙްޤީޤްކުރާ މައްސަލަތަކުގައި ޝަރީޢަތަށް ފޮނުވަންޖެހޭ އެއްވެސް މީހެއްގެ މައްސަލަ މަޑުޖައްސާލައި ވަކިމީހަކަށްވެގެން އެކަން ނުކޮށް ނުބާއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު