ރޭ ފެނިގެން ދިޔައީ ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ރޭ ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންނެވި ޖަލްސާ ކުރިއަށްދިޔަ ވަގުތު އެމްޑީޕީ ހަރުގެއާ ދިމާ، އާޓިފިޝަލް ބީޗުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ޖަލްސާވެސް ކުރިއަށް ދިޔައެވެ. އެ ޖަލްސާގައި، ރައީސްގެ ޖަލްސާއަށް ދަތިވާގޮތަށް އަޑުގަދަކުރާ ބޭނުންކޮށްގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
އެކަމާގުޅިގެން ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ ރޭ ފެނިގެންދިޔައީ ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ކަމަށެވެ. ހަމައެއާއެކު ރެއަކީ ތާރީހީ ރެއެއްކަން ފާހަގަކުރަށްވައި އެކަމަނާ ވިދާޅުވީ ދެ ޕާޓީގެ ޖަލްސާ އެއްތަނެއްގައި ބޭއްވި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވުމަކީ ރޭގެ ޖަލްސާ ޚާއްސަވާ ސަބަބުކަމަށެވެ.
"ހަމަނުޖެހުމެއް ނުހިންގާ. ބާރުގެ ބޭނުންކޮށް އިދިކޮޅު ޖަލްސާއަށް ހުރަހެއް ނާޅާ. ނުހުއްޓުވާ. މީހަކު ހައްޔަރެއް ނުކުރޭ." ފަޒްނާ ވިދާޅުވިއެވެ.
މެޑަމް ފަޒްނާވެސް ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާގައި ރައީސް ޞާލިޙްވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ދޭންޖެހޭ ސަބަބުތައް އޮޅުންފިލުއްވައި ދެއްވާފައެވެ. އަދި ބޮޑުތަނުން ޕްރައިމަރީ ކާމިޔާބު ކުރަށްވާނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު