އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ނަޝީދު ކުރަށްވަމުންގެންދަވާ ކެމްޕޭނުގައި މި ހަފްތާ ބަންދުގައި 4 އަތޮޅަކަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީނުމް ހާމަކޮށްފައިވާ ގޮތުގައި ހަފްތާ ބަންދުގައި އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އއ. އދ. ފ އަދި ދ އަތޮޅަށެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ރައީސް ނަޝީދު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރަށްރަށަށް ދަތުރުކުރުމާއި ޖަގަހަ ޖަލްސާތައް ދަނީ ބާއްވަމުންނެވެ.

ރައީސް ނަޝީދު މީގެ ކުރިން ވަނީ ފުވައްމުލަކު ސިޓީ އާއި ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފައެވެ.

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން ރައީސް ސާލިހުވެސް ވާދަކުރައްވައެވެ. އަދި ދެ ބޭފުޅުންވެސް ގެންދަަވަނީ ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން