އެންމެ ރަނގަޅު ވެރިކަމެއް ކުރެވޭނީ، މޮޅަށް މީހުން މެނޭޖް ކުރެވޭ މީހުންނަށް ކަމަށް މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ދާޚިލީ ވަޒީރުކަމުގައިވެސް ހުންނެވި އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ނަޝީދާއި ރައީސް ޞާލިޙް ގެންދަވަނީ ފޯރިގަދަ އަދި ވާދަވެރި ކެމްޕޭނެއް ކުރަށްވަމުންނެވެ.
ވެރިކަމަށް މީހަކު ގެންނައިރު ހުންނަންޖެހޭ ކޮލިޓީ ތަކާބެހޭގޮތުން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އެންމެ ރަނގަޅަށް ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން މެނޭޖްކުރެވޭ މީހަކަށްކަމަށެވެ. އަދި އެއީ ޒަމާނުއްސުރެ އިންސާނުން ގަބޫލު ކުރަމުން އަންނަ ހަޤީޤަތެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ރަނގަޅަށް މީހުން ގެންގުޅެން އެނގުމަކީ ވެރިކަން ކުރުމަށް އެންމެ ބޭނުންތެރި ސިފަކަމަށް އިމްރާން ވިދާޅުވެފައިވާއިރު މި ސަރުކާރަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަދުވަހަށް ގިނަ ޕާޓީތައް ބައިވެރިކޮށްގެން ވެރިކަން ކުރަމުން އަންނަ ސަރުކާރެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އެމަނިކުފާނު ދެވަނަ ދައުރެއްގައިވެސް ވެރިކަން ކުރަށްވާނީ ގިނަޕާޓީތައް ބައިވެރިކޮށްގެން ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ

ކިޔުންތެރިންގެ ހިޔާލު