އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕީޕީއެމްގެ ތެރެއިން ރައީސް ނަޝީދަށް ކެމްޕޭން ކުރަނީ ބަޣާވާތަކުން ސަރުކާރު ވައްޓާލަންވެގެންކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށިގެން ފޯރިއާއެކު ކުރިއަށްދާއިރު ޕީޕީއެމްގެ ބައެއް މީސްމީޑިއާ އެކްޓިވިސްޓުންދަނީ މީސްމީޑިއާގައި ރައީސް ނަޝީދަށް ތާޢީދުކޮށް ކެމްޕޭން ކުރަމުންނެވެ.
އެގޮތުން މި ސަރުކާރު ނިމުމަކަށް ގެންނަން ބޭނުންނަމަ ރައީސް ނަޝީދަށް ވޯޓު ދިނުމަށް ގޮވާލާފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީގެ ރަންރީނދޫ ލަޝްކަރު އޮތީ ރައީސް ޞާލިޙްގެ ފަހަތްޕުޅުގައި ފިސާރި ސާބިތުކޮށް ކަމަށެވެ.
“ޕީޕީއެމްގެ ތެރެއިން އަންނިއަށް ކެމްޕޭން ކުރަނީ ބަޣާވާތްކޮށްގެން ސަރުކާރު ވައްޓާލަން.” ޑރ. އިބްރާހިމް ދީދީ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އެމަނިކުފާނު ދެވަނަ ދައުރެއްގައިވެސް ވެރިކަން ކުރަށްވާނީ ގިނަޕާޓީތައް ބައިވެރިކޮށްގެން ކަމަށެވެ. އަދި ރައީސް ނަޝީދު ވަކާލާތު ކުރަށްވަނީ އެމްޑީޕީ ގިނިކަންޏާ ނިކުމެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު