ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިންމޭޓަކަށް ހައްދަވާނީ އައްޑޫ ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މިވަގުތު އުޅުއްވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމަނިކުފާނުގެ ޢުމުރުވެސް ދޮށިވަމުން ދިއުމާއެކު ޒުވާނުންގެ ހިއްސާ އެމަނިކުފާނުގެ ސަރުކާރެއްގައި ވަރަށް ބޮޑުވާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން މުޅި ރާއްޖެ ތަމްސީލް ކުރާފަދަ ޒުވާން އައްޑޫ ބޭފުޅަކު އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ރަނިންމޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް، ރަނިންމޭޓަކަށް ވާނީ މުޅި ދިވެހިރާއްޖެ ތަމްސީލް ކުރެވޭ ރަމްޒުވާ ބާވަތުގެ ބޭފުޅެއް." ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވައި ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ 2012 ގައި މެދުވެރިވި ޙާލަތުގައި އެމަނިކުފާނު ވެރިކަން ދޫކޮށްނުލައްވައި ގަދަކަމުން ވެރިކަމުގައި ހުންނަވަން އުޅުއްވިނަމަ 2018 އެމްޑީޕީއަށް ނުލިބޭނެ ކަމަށެވެ.
"7 ފެބްރުއަރީ 2012 ގައި ރައްޔިތުން ގަޔަށް ބަޑިޖަހައިގެން އަޅުގަނޑު ވެރިކަމުގައި ހުންނަން އުޅުންނަމަ 2013 ގެ ބޮޑު ވޯޓެއް އެމްޑީޕީއަކަށް ނުލިބުނީސް. 2018 ގައި އަމުދުން ކައިރިވެސް ނުވެވުނީސް." ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު މިއަދުވެސް ވިދާޅުވީ ފިނިހަކަ ގޮތަށް ދުވާ އެއްޗަކަށް ބާރަށް ދުވެޔެކޭ ހަމަ ނުބުނެވޭނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ޞާލިޙާއި ރައީސް ނަޝީދު ގެންދަވަނީ ވާދަވެރި ކެމްޕޭނެއް ކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު