ބައެއް އަތޮޅު ކައުންސިލްތަކުން މަސައްކަތްކުރަނީ ރަށްތައް ތަރައްޤީކުރުން ހުއްޓުވުމަށް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މެންބަރު ޝިފާއު މިމޭރުމުން ވިދާޅުވެފައިވަނީ ނޫނު ކަނޑޫދޫ ދިގު މުއްދަތައް ވިއްކާލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާތީ ނޫނު އަތޮޅު ކައުންސިލުން އެމައްސަލަ މަދަނީ ކޯޓަށް ހުށައެޅުމާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝިފާއު ވިދާޅުވީ ބައެއްއަތޮޅުތަކުން ސަރުކާރުގައި އެދި އާދޭސް ދަންނަވަނީ ރަށްތައް ތަރައްގީ ކުރެވޭނެ މަގެއް ހޯދަދިނުމަށް ކަމަށެވެ. ނަމަވެސް ބައެއް އަތޮޅު ކައުންސިލްތަކުން ރަށްތައް ތަރަށްޤީކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދެރަ ލިބެނީ ރައްޔިތުންނަށް ކަމަށް ޝިފާއު ވިދާޅުވިއެވެ.

“ގެނެވުނު ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނާ ހަމަޔަށް ފޯރާނެގޮތެއް ނެތް.” ޝިފާއު ވިދާޅުވެފައިވެއެވެ.



ނޫނު އަތޮޅު ކައުންސިލުން ބުނެފައިވަނީ ސިންގަލް ޕާރސަލްކޮށް އަދި އަސާސީ ބޯހިޔާވަހިކަމަށް ހައްލެއް ނުލިބޭގޮތަށް އެއަތޮޅުގެ އެއްވެސް ގުދުރަތީ ވަސީލަތެއް ވިއްކުމާ އެކައުންސިލުން ދެކޮޅު ކަމަށެވެ.

ސަރުކާރުން ނިންމާފައިވަނީ ނޫނު އަތޮޅު ފަޅެއް 22 މިލިއަން ޑޮލަރަށް ވިއްކާލުމަށްފަހު ގިރާވަރު ފަޅު ހިއްކައި އެބިމުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު