ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އަހުމަދު ރިޔާޒު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ސްޓޭޓް މިނިސްޓަރކަމުގެ މަޤާމުން ރިޔާޒް އިސްތިޢުފާދެއްވާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ ކެމްޕޭނަށް ވަގުތު ހުސްކުރެއްވުމުގެ ގޮތުންނެވެ.
އިސްތިޢުފާގެ ސިޓީގައި ރިޔާޒް ވަނީ ރައީސް ޞާލިޙްގެ ސަރުކާރުގައި ދިވެހި ޤައުމަށް ޚިދުމަތް ކުރެއްވުމަށް ދެއްވި ފުރުސަތަށް ރައީސް ޞާލިޙަށް ޝުކުރު އަދާކުރަށްވާފައެވެ.
ރިޔާޒު އެންމެ ފުރަތަމަ ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. ނަމަވެސް ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހަ މަސް ދުވަސް ވަންދެން މުސާރަ ލިބޭ ގޮތަށް އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ރިޔާޒު ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ކިޔުންތެރިންގެ ހިޔާލު