ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ހަމައެކަނި ޖީއެސްޓީގެ ސަބަބުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެޤާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓް ވަނީ ބޮޑުވެގެން ގޮސްފައެވެ. އަދި އެކަމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގު އުފުލަމުންދާ ކަމުގެ ޝަކުވާ ޢާއްމުން ދަނީ ކުރަމުންނެވެ.
ތަކެތީގެ އަގު އުފުލެމުންދާ މައްސަލާގައި މެންބަރު ޝަރީފް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާނަމަ އެކަމުގެ އަސަރު ރާއްޖޭގެ ބާޒާރަށްވެސް ކުރާނެ ކަމަށެވެ. އެހެންކަމުން ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދަނީ ހަމައެކަނި ޖީއެސްޓީއަށް ގެނައި ބަދަލުގެ ސަބަބުން ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.
ޓެކްސް ނެގުމާބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލާއި އަސާސީ އެހެން ވަރަށް ގިނަ ތަކެތީގެ އަގު އުފުލުމާއި ގުޅިގެން ސަރުކާރުން ދަނީ ސަބްސިޑީއަށް ވެސް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރަމުންނެވެ. އެހެންކަމުން ރާއްޖޭގެ އިގުތިސާދު ދެމެހެއްޓުމަށްޓަކައި ދައުލަތުގެ އާމްދަނީ އިތުރުކޮށް ދައުލަތުން ކުރަންޖެހޭ ހަރަދު ކުޑަ ކުރަން ޖެހޭނެކަމަށް މާލީ ވަޒީރުވެސް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 ގެ ސަބަބުންނާއި، ރަޝިޔާ ޔޫކްރޭން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދަށް ވެސް ދަނީ ނުރަނގަޅު ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ގައުމުތައްވަނީ ބަނގުރޫޓް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު