ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާ ބެހޭ ރިޕޯޓް އާންމު ކުރުމަށް ހަމަޖެހިފައި އޮތީ ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެެއްޖެއެވެ.
ކުރީގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ބޭރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން އެ މައްސަލައިގެ ރިޕޯޓެއް އެކުލަވާލަން ވަނީ ހަވާލުކޮށްފައެވެ. ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން، އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެން ބޭރުގެ އެކައުންޓިން ފާމުން އެ ރިޕޯޓް ބައްވަލައިގަތުމަށް ފަހު، ރިޕޯޓް ފޮރުވާފައިވާ ކަމަށް ބުނެ މަޖިލީހަށް މިއަދު ވަނީ މައްސަލަ އެއް ހުށައަޅާފައެވެ. އެމައްސަލައިގެ ވޯޓަށް އެހުމުގެ މަރުހަލާގައި ވާހަަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބޭރުގެ ކުންފުންޏަށް މަސައްކަތް ހަވާލު ކުރެވުނީ ވެސް ތަހުގީގު ހުއްޓާލަން ސަރުކާރުން އެދިއްޖެނަމަ 10 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭ ގޮތަށް އެއްބަސްވެެގެން ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އެ ގޮތަށް އެ ކުންފުންޏާއެކު އެއްބަސްވެވިފައިވާއިރު ތަހުގީގު ހުއްޓާލަން ބޭނުންވާ މީހަކު އުޅެދާނެ ކަމަށް ވިސްނި ވަޑައިގެންފައިވާ ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެކަން (އެސްޓީއޯ މެދުވެރިކޮށް ހިންގި ވަގު ވިޔަފާރީގެ މައްސަލަ) ބެލުމަށް އޭރުގެ ސަރުކާރުން އެ ކަން ކުރުމަށް ކޮންޓްރެކްޓް ކުރެވި މި ކުންފުންޏާ ހަވާލު ކުރެވުނީ، ހަގީގަތުގައި ހަތެއް ފެބްރުއަރީ ދުވަހަކީ އެ ރިޕޯޓް ނެރެން އޮތް ދުވަސް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒަހާރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހުއެވެ. ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ އެމަނިކުފާނުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. މުހަންމަދު ވަހީދެވެ.
ނަޝީދާއި އެމްޑީޕީން ތުހުމަތު ކުރަނީ އެއީ "ބަޣާވާތެއް" ކަމަށެވެ. ކުރީގެ ރައީސް ވަހީދާއި ގުޅޭ މައްސަލައެއް މަޖިލީހަށް ހުށައަޅާފައި މިވަނީ ސިޔާސީ މައިދާނާއި ދުރުގައި ހުންނެވުމަށްފަހު ކުއްލިއަކަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމާއި ހަވާލުވެ ވަޑައިގެން އެމަނިކުފާނު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވިކަން އިއުލާން ކުރައްވާފައި ވަނިކޮށްށެވެ.

ކިޔުންތެރިންގެ ހިޔާލު