07 ފެބުރުއަރީ 2012 އަކީ ރާއްޖޭގައި އޮތް ޚުދުމުޚުތާރު ވެރިކަމެއް ރައްޔިތުންގެ ބާރުން ނިމިގެންދިޔަ ދުވަހެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒަހާރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހުއެވެ. ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ އެމަނިކުފާނުގެ ނައިބުގެ ގޮތުގައި ހުންނެވި ޑރ. މުހަންމަދު ވަހީދެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ މިއަދު ކުރެއްވި ޓުވީޓެއްގައި ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއާ ހަވާލާދެއްވައި ވިދާޅުވީ އެއީ ރައްޔިތުންގެ ސިޔާދަތު މިގައުމުގައި ކަށަވަރުވެގެންދިޔަ ދުވަހެއް ކަމަށެވެ. އަދި އެއީ ރާއްޖޭގައި އޮތް ޚުދުމުޚުތާރު ވެރިކަމެއް ރައްޔިތުންގެ ބާރުން ބަދަލުވެގެންދިޔަ ދުވަހެއްގެ ގޮތުގައި ޢަބްދުﷲ ދީދީ ސިފަކުރެއްވިއެވެ.
"8 ފެބުރުއަރީ 2012 ގައި ރައްޔިތުންނަށް ކުރި އަނިޔާތަކާއި ތަންތަން ރޯކުރުމަކީ ތަގާދުމްވާނެ ކުށްތަކެއް ނޫން." ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު އެމްޑީޕީ އާއި އެޕާޓީ އަށް ތާއިދު ކުރާ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރުގެ އިމާރަތްތަކުގައި އަލިފާން ރޯކުރި ކަމަށް ބުނާ ހާދިސާ އަށް އިޝާރަތް ކުރައްވަމުން ޑރ. ދީދީ ވިދާޅުވެފައިވެއެވެ.
ނަޝީދާއި އެމްޑީޕީން ތުހުމަތު ކުރަނީ ވެރިކަން ވެއްޓުނީ "ބަޣާވާތަކުން" ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް އަލުން ބެލުމަށް މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ނިއްމާފައެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ކޮމަންވެލްތާއި ބޭރުގެ ފަނޑިޔާރުން ހިމަނައިގެން އުފެއްދި ކޮމިޝަނަކުން ހިންގި މިނިވަން ތަހުގީގަކަށްފަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ވެރިކަން ބަދަލުވެގެންދިޔައީ ބަޣާވާތަކުން ނޫން ކަމަށާއި، ނަޝީދު އިސްތިއުފާ ދެއްވުމުގައި މަޖުބޫރު ކަމެއް ނެތް ކަމަށެވެ. އެމްޑީޕީން މިރިޕޯޓް ބަލައެއް ނުގަނެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ވެސް އަދި އެމަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް މިރިޕޯޓުގެ ނިންމުން ގަބޫލުފުޅު ނުކުރައްވާކަން އެބޭފުޅުން މަޖިލީހުގައި ދައްކަވާފައިވާ ވާހަކަ ތަކުން ހާމަވެއެވެ.
އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް ޑރ.އަހުމަދު އަބުދު ﷲ ދީދީ އެމަގާމުން ވަކިކުރީ ޖޭއެސްސީ އިން ބަލަމުންދިޔަ މައްސަލައެއްގައި އެކޮމިޝަނަށް ހާޒިރުވާން އެންގުމުން އެކަމާ ދެކޮޅު ހައްދަވައި އެކޮމިޝަނަށް ފާޑުވިދާޅުވެ ބަޔާން ނެރުނު މައްސަލަ އެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު