ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު
އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލާއިރު މިހާރު ވެސް ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރުކުރާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމެޖެންސީ އޮަޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފަށާނެ ކަމުގެ ޔަގީން ކަން ލިބިފައިވާ ކަމަށާއި، ބައެއް އެއާލައިންތަކުން ރާއްޖެ އަށް އޮގަސްޓް މަހު ދަތުރު ފަށާނެ ކަމަށް އަންގާފައިވާ ކަމަށެވެ.

"ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް 3 ފުލައިޓެއް ޖައްސާގޮތަށް ވަނީ ހަމަޖެހިފަ." ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 850000 ޓޫރިސްޓުން ގެނައުން ކަމަށެވެ.

ޢެ އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލަނީ އޮންއެރައިވަލް ވިސާ ލިބޭގޮތަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބަލީގެ އަލާމަތްތައް ހުންނަ މީހުން އެއާޕޯޓުން ޓެސްޓްކުރާނެ ކަމަށެވެ.

"ރާއްޖޭގެ އެއާޕޯޓް އޮތީ ފަތުރުވެރިކަމަށް ހުޅުވާލަން ތައްޔާރަށް، ކޮންމެ 20 މިނެޓަކުން ފުލައިޓް ޖައްސާ ކްލިއަރެންސް ނިއުނޯމަލް ހެދޭނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ވަނީ ދީފަ. އެއާޕޯޓުން ސިމްޓަމްސް ހުންނަ މީހުން ޕީސީއާރު ޓެސްޓް ހެދޭނެ، މީގެ އިތުރުން ސިއްހީ އޮފިޝަލުން ބޭނުންވެއްޖެ ކޮންމެ ފަތުރުވެރިއަކު ވެސް ރެންޑަމްކޮށް ސާމްޕަލް ނަގަމުންދާނެ. މިކަންކަން ކުރިއަށް އޮތް ދުވަސް ތަކަށް ދަހަމަހައްޓާނަން." އަލީ ވަހީދު ވިދާޅުވިއެވެ.

އަދި ރިސޯޓްތައް ހުޅުވައި ފަތުރުވެރިން ދިޔުމުގެ ހުއްދަ ދޭނީ އެޗްޕީއޭގެ މިންގަޑުތަކަށް ފެތޭ މެޑިކަލް ފެސިލިޓީތައް ހުންނަ ރިސޯޓްތަކަށް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ޖުލައި މަހު ހުޅުވާނެ ކަމުގެ ޔަގީންކަން 41 ރިސޯޓަކުން ދީފައިވާ ކަމަށެވެ. ޖުލައި މަހުގެ ތެރޭގައި ދެބައިކުޅަ އެއްބައި ރިސޯޓްތައް ހުޅުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފަހަތަށް ފިޔަވަޅެއް އަޅަންޖެހޭނަމަ އަޅާނަން" އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދުވެސް 35 ޓޫރިސްޓުން ރާއްޖޭގައި އެބަތިބި ކަމަށެވެ. ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންގެ ތެރެއިން ފައިސާ ނުދެއްކޭ ފަތުރުވެރިން ބަލަމުންގެންދަނީ ސަރުކާރުގެ ޚަރަދުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން