އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުން (ފޮޓޯ ރައީސް އޮފީސް)
އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުން (ފޮޓޯ ރައީސް އޮފީސް)
އިންސާނީ ހައްގުތައް ކަށަވަރުކޮށް އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން އެޓާނީ ޖެނަރަލް އޮފީހުން ގާނޫނާ ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަށާފައިވާ ކަަމަށް ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އިންސާނީ ހައްގުތަކާ ބެހޭ މުހިންމު ދެ މުއާހަދާއެއް ދިވެހިރާއްޖެއިން ތަސްދީގުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ނިއްމަވާފައެވެ. އެމަނިކުފާނު އެގޮތަށް ނިއްމަވާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ ބައްދަލުވުމުގައެވެ.

އެކަމަށް އިޝާރަތް ކުރައްވަމުން އެޓާނީ ޖެނަރަލް ރިފްއަތު ވިދާޅުވީ އިންސާނީ ހައްގުގެ ކަންތައްތައް ހަރުދަނާކޮށް އެކަން ޕްރޮމޯޓު ކުރުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މަސައްކަތްތައް ކުރުމަށް އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން އެކަން އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން އެޓާނީ ޖެނަރަލް އޮފީހުން ގާނޫނާ ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަށާފައިވާ ކަަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ.



އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ނިންމެވި 2 މުޢާހަދާއަކީ، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ޤާއިމުކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީއައިސީއީއެސްސީއާރު)" އާއި "އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީއީޑީ)" އާ ބެހޭ މުއާހަދާއެވެ.

ރައީސް އޮފީހުން ބުނީ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީއައިސީއީއެސްސީއާރު)" މުޢާހަދާ އަކީ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އައިސީއީއެސްސީއާރު) ގެ ދަށުން ކަށަވަރުކޮށްދޭ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާ ގުޅޭގޮތުން އައިސީއީއެސްސީއާރު ގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަކި ވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ލިއްބައިދޭ މުޢާޙަދާއެއް ކަމަށެވެ. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސް ކަމުގައިވާތީ، އެންމެ ފުރިހަމަ މާނައިގައި އައި.ސީ.އީ.އެސް.ސީ.އާރު އަށް ޢަމަލުކުރުމަށްޓަކައި މިމުޢާޙަދާ ތަޞްދީޤު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވެސް މެންބަރުން ފާހަގަކުރައްވާފައިވެއެވެ.

އަދި "އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީއީޑީ)" މުޢާހަދާ ތަޞްދީޤުކުރުމުން، ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތައް ރައްކަތެރިކުރުމަށް ދޭ އަޙައްމިއްޔަތުކަން އިތުރަށް ހާމަވެ، ދިވެހިރާއްޖޭގެ އިޙްތިޞާޞްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން