ޖަހާބެރާއި ލަވައާއި އެއްގޮތް ނުވާނަމަ އެމްޑީޕީގެ ތިލަފަތް އެއްއަތަކަށް ސޮއްސާލަފާނެކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ރޭ، ހއ. ދިއްދޫގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއްގެ ސިފަތަކަކީ ރައްޔިތުންނާއި އަޅާލައި އޯގާތެރި ވެރިކަމެއްކުރުން ކަމަށެވެ.
ނަމަވެސް މިއަދު ބައެއް ބޭފުޅުންގެ ފަރާތުން ފެނިގެންދަނީ އެ މަންޒަރުނޫންކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީ އަބަދުވެސް ވާން ޖެހޭނީ ޖަހާ ބެރާއި ލަވައާއި އެއްގޮތް ޕާޓީއަކަށް ކަމަށާއި، އެހެން ނޫންނަމަ އެމްޑީޕީގެ ތިލަފަތް އެއްއަތަކަށް ސޮއްސާލަފާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީ އަކީ ދިވެހިރައްޔިތުންގެ ތާއީދު އެންމެބޮޑު ޕާޓީއަށް ވެފައިވަނީ ޕާޓީގެ ލޯގޯގައިވާ ހަމަހަމަ ތިލަފަތުގެ ޝުއޫރު ރައްޔިތުންގެ ހިތުގައި އަށަގަންނުވައިގެން ކަން ޝާހިދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސް ޞާލިޙް ވިދާޅުވާ ފަދައިން އެމްޑީޕީގެ ސަރުކާރެއްގައި ކުޑައެއް ބޮޑެއް ކުލައެއް ތަފާތު ނުކޮށް ރައްޔިތުންގެ މެދުގައި ސުލްހަ އާއި އަމާންކަން ގާއިމުކޮށްދޭންވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ސާފު ބޯފެނާއި، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާއި، ޝަރަފުވެރި ޖީލެއް ބިނާ ކުރުމަކީ އެމްޑީޕީން ދައްކަމުން އައި ވާހަކަތައް ކަމަށާއި، ރައީސް ޞާލިޙް ގެންދަވަނީ އެ ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށް ކެނޑިނޭޅި މަސައްކަތް ކުރަށްވަމުން ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިމަހުގެ 28 ވަނަ ދުވަހު ރައީސް ސާލިޙާއި ވާދަކުރަށްވާނީ ރައީސް ނަޝީދެވެ. ޝާހިދަކީ ރައީސް ޞާލިޙްގެ ފަރާތްޕުޅުން އެންމެ އުތުރުގެ 3 އަތޮޅަށް ކަނޑައަޅުއްވާފައިވާ ކޯޑިނޭޓަރެވެ.

ކިޔުންތެރިންގެ ހިޔާލު