އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އެއްވެސް ކެނޑިޑޭޓަކަށް ޕާޓީގެ ފަރާތުން ފޮޓޯޖަހާފައިވާ ލިސްޓެއް ދީފައި ނުވާނެކަމަށް އެޕާޓީގެ ޗެއަރޕާސަން ނައިބު އިދާރީ އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
ވަޙީދު މިމޭރުމުން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް ޞާލިޙްގެ ކެމްޕޭން އޮފީހެއްގައި އެފަދަ ލިސްޓެއް ގެންގުޅޭކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ވަޙީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ދެކެންޑިޑޭޓުންނަށްވެސް ޕާޓީގެ ފަރާތުން ދޫކޮށްފައިވާނީ އެއް ލިސްޓެއްކަމަށެވެ. އަދި މެންބަރުންގެ ފޮޓޯޖަހާފައިވާ ލިސްޓެއް އެމްޑީޕީން ނުގެންގުޅޭ ކަމަށްވެސް ވަޙީދު ވިދާޅުވިއެވެ. އޭގެ އިތުރުން މެންބަރޝިޕް ފޯމްތަކުގައި ފޮޓޯޖަހަން ފެށީވެސް މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެންކަން ވަޙީދު ފާހަގަކުރެއްވިއެވެ.
އެމްޑީޕީ މެންބަރުންގެ ފޮޓޯޖެހި ވޯޓާސް ލިސްޓެއްގެ މައްސަލަ ފެންމަތިވެފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުން 29 މޭ 2022 ގައި ފާސްކޮށްފައިވަނީ އެޕާޓީގެ ދަފްތަރުގައިތިބި މީހުންގެ ތެރެއިން އީސީގެ ދަފްތަރުގައިނެތް 39،911 މީހުން އެމްޑީޕީން ވަކިކުރުމަށާއި، ވަކިކުރަން ނިންމި މެންބަރުން ތިންމަސް ދުވަސްތެރޭގައި މެމްބަރޝިޕް ސައްހަ ކުރުމަށެވެ.
ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީން ބުނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭނީ އެޕާޓީގެ 57،255 މެމްބަރުންނަށް ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާގޮތުން 11 ޑިސެންބަރު 2022 ގެ ނިޔަލަށް އެމްޑީޕީގައި ތިބީ 58،175 މެންބަރުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނީ ޕާޓީގެ އިސްލީޑަރ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު