ފަތުރުވެރިކަމުގެ ތަފާތު ބާވަތްތަކުގެ ތެރެއިން ސަފާރީއާއި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ވިޔަފާރީގެ އިތުރުން ހޯމް ސްޓޭ ފަތުރުވެރިކަން ވެސް ތަޢާރަފު ކުރަން ދަނީ މަސައްކަތް ކުރަމުން
ފަތުރުވެރިކަމުގެ ތަފާތު ބާވަތްތަކުގެ ތެރެއިން ސަފާރީއާއި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ވިޔަފާރީގެ އިތުރުން ހޯމް ސްޓޭ ފަތުރުވެރިކަން ވެސް ތަޢާރަފު ކުރަން ދަނީ މަސައްކަތް ކުރަމުން
އަމިއްލަ ގޭގެ ކޮޓަރި ގެސްޓުންނަށް ދޫކުރެވޭ ގޮތަށް "ހޯމް ސްޓޭ" ތައާރަފު ކުރުމުގެ ދިރާސާތައް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ހޯމް ސްޓޭ ތައާރަފު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެގޮތުން މިހާރު ކުރަމުންދަނީ ހޯމް ސްޓޭގެ ދިރާސާތައް ހެދުމުގެ މަސައްކަތް ކަމަށެވެ. ހޯމް ސްޓޭ އަކީ ކޯލިޝަންގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެ ވައުދަކީ ރައްޔިތުންގެ ގާތަށް ގޮސްގެން ހޯދުނު މައުލޫމާތުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ.

"ހޯމް ސްޓޭ ވެސް އެ މެނިފެސްޓޯގައި އެބައޮތް. އަޅުގަނޑުމެން މިދަނީ އޭގެ ދިރާސާތައް ކުރަމުން. ކުރިން ވެސް ދެންނެވިހެން ޓޫރިޒަމްގެ މާސްޓަރ ޕްލޭން އެކީގައި ނިމިގެންދާއިރު މިކަންކަން އަޅުގަނޑުމެން ގެންނާނެ އުސޫލުތައް ތަރުތީބު ވެގެންދާނެ. ރާއްޖޭގެ ޕްރޮޑަކްޓް ވެލިއު މުޅިން ނުގެއްލި ރާއްޖޭގެ ޓޫރިޒަމް ޑައިވާސިފައި ވެގެން ދާނެ ފަދަ ގޮތަކަށް އެކަންކަން ކުރެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިިސްފައިވާ ކަމަށާއި، މުޅި ޕްލޭން ބަދަލުކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ގެންދެވޭނީ ނުވަތަ ގެސްޓް ހައުސްތަކުގެ ވިޔަފާރި ފެށުމަށް ސަރުކާރުން ހުއްދަ ދޫކުރާނީ އޮގަސްޓު މަހުގެ ތެރޭގައި ކަމަށެވެ.

ޖުލައި މަހުގެ ތެރޭގައި ގެސްޓްހައުސްތަކުގެ ވިޔަފާރި އަލުން ހުޅުވާލުމަށް 70 އިންސައްތަ ގެސްޓުހައުސްއިން އެދިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އޮގަސްޓް މަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމީ ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. މި ނިންމުމަކީ ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނިންމި މުހިންމު ނިންމުމެއް ކަން އަލީ ވަހީދު ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން