ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރުފަހު ކުޑަވަގުތުކޮޅަކަށް މާލެއިން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ މާލެ ސަރަހައްދުން ދެގަޑިއިރެއް ހާއިރަށްކަމަށެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނީ މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގާއި، ނޫރީގޯޅި އަދި އަޅިވިލާމަގާއި، ޖަވާހިރު މަގުގެ އިތުރުން، ޔާގޫތު ގޯޅިއާއި މިރިޔާސް މަގު ހިމެނޭ ސަރަހައްދުން ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ މިއަދު މެންދުރު 14:00 އިން 16:00 އަށް އާ ދެމެދުގެ ވަގުތު ތަކުގައެވެ.



ސްޓެލްކޯ އިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން