މަސްދޯންޏެއް ކަނޑަށް ނުކުމެ މަސް ބާނަނީ (ރަސް ފޮޓޯ)
މަސްދޯންޏެއް ކަނޑަށް ނުކުމެ މަސް ބާނަނީ (ރަސް ފޮޓޯ)
މަސްވެރިއެއްގެ ލޯމަތީގައި ބޭނި މަހަކުން ޖެހި، ހާލު ދެރަވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ށ. ފޯކައިދޫގެ އިރު އުތުރުން 6 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މިޔަރެން" ނަމަކަށް ކިޔާ ދޯނީގައި ހުރި 65 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޯމަތީގައި މަހަކުން ޖެހި އަނިޔާވުމާއި ގުޅިގެން ނޮދަން އޭރީއާގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.



އެމީހާގެ ހާލު ދެރަވެގެން ކުޅުއްދުފުށީ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 9:14 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން