ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ރެންޑަމްކޮށް ސާމްޕަލް ނެގުމުގައި ސިއްހީ އޮފިޝަލަކު ހަރަކާތްތެރިވަނީ
ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ރެންޑަމްކޮށް ސާމްޕަލް ނެގުމުގައި ސިއްހީ އޮފިޝަލަކު ހަރަކާތްތެރިވަނީ
ކޯވިޑް-19އަށް ޝައްކު ކުރެވޭ ދެ މީހެއްގެ ސާމްޕަލް ނެގުމަށް ދެކޮޅު ހެދުމުން، އެ ދެ މީހުންގެ ސާމްޕަލް ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން ބުނީ، ކޯވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވާ 2 މީހެއްގެ މައްޗަށް ސާމަޕަލް ދިނުމަށް އެންގުމާއެކު، ސާމްޕަލް ނެގުމަށް ޑިރެކްޓަރ ޖެނެރަލް ކުރައްވާފައިވާ އަމުރު ތަންފީޒު ކުރުމަށް، އެކަމުގައި ޝާމިލްވާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް 2 އަމުރު ރޭ އެ ކޯޓުން ނެރެދީފައިވާނެ ކަމަށެވެ.

ކަރަންޓީނަށް ދިއުމާއި ސާމްޕަލްތައް ނަގަން ދެކޮޅު ހެދުމަކީ ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ކުށެކެވެ. ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ނެގުމާއި ކަރަންޓީނަށް އެމީހަކު ގެންދިއުމުގެ ޢަމުރުތައް ނެރުމުގެ ބާރު ވެސް ކޯޓުތަކަށް ލިބިގެންވެއެވެ. އަދި މިފަދަ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ތެދު މަޢުލޫމާތު ހާމަ ކުރުމަކީ ހުރިހާ ފަރާތްތަކަށް ވެސް އެ ޤާނޫނުން ލާޒިމު ކުރާ ކަމެއްކަން ފާހަގަކޮށްލެވެއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން