ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް
ޓްވީޓާގައި މީހުންގެ އަބުރާ ބެހިގެން މެމްބަރުންގެ އިމްތިޔާޒެއް ނުހިގާނެ ކަމަށް ވިދާޅުވެ މެންބަރު އިމްތިޔާޒު ފަހުމީއާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފިއެވެ.

ހައިލަމް މިހެން ވިދާޅުވީ 7 ފެބުރުއަރީ އަކީ ޚުދުމުޚުތާރު ވެރިކަމެއް ރައްޔިތުންގެ ބާރުން ނިމިގެންދިޔަ ދުވަހެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ ވިދާޅުވުމާއި ގުޅިގެން މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ދީދީ އަށް ރިޝްވަތުގެ ތުހުމަތުކުރުމާއި ގުޅިގެންނެވެ. އަބުދު ﷲ ދީދީއަށް ފާޑުވިދާޅުވެ އިންތި ވަނީ ރިޝްވަތުގެ ގޮތުގައި ނެގި ރެހެންދި ފުލެޓް ސަރުކާރާއި ހަވާލުކުރެއްވުމަށް ގޮވާލައްވާފައެވެ.

"ތިއީ ގުއިގަނޑެއް މިހާރު، ވާހަކަ ނުދައްކާ" ދީދީ އާއި ދިމާއަށް އިންތިި ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެމްބަރުންނަށް ލިބިދެވޭ އިމްތިޔާޒަކީ މަޖިލީހުގެ ޖަލްސާ އަކު ނުވަތަ ކޮމެޓީއަކު ދައްކާ ވާހަކަ އާއި ގުޅިގެން ލިބިވަޑައިގަންނަވާ އިމްތިޔާޒެއް ކަމަށެވެ. ޓްވީޓާގައި މީހުންގެ އަބުރާ ބެހިގެން މެމްބަރުންގެ އިމްތިޔާޒެއް ނުހިގާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ.

"މަޖިލީހުގެ މެމްބަރުންނަކީ ކުށެއް ކޮށްގެން އެއްވެސް އިމިއުނިޓީ ( ހިމާޔަތް) އޮންނަ ބައެއް ނޫން، މިވަރުގެ ޖާހިލުން މިތިބެނީ ގާނޫނު ހަދަން." އިންތި އަށް ނިސްބަތް ކުރައްވައި ހައިލަމް ވިދާޅުވިއެވެ.

މެމްބަރުންނަށް ލިބިވަޑައިގަންނަވާ އިމްތިޔާޒާ ގުޅޭ ގޮތުން ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) އާއި ހައިލަމް ވަނީ ހަވާލާ ދެއްވާފައެވެ. އެ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގައި ނުވަތަ މަޖިލީހުގެ ކޮމެޓީއެއްގައި އިސްލާމްދީންގެ އަސްލަކާއި ޚިލާފުނުވާ ގޮތެއްގެ މަތިން މެމްބަރަކު ދެއްކި ވާހަކަ އެއް ނުވަތަ ހުށައެޅި ހުށައެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލުކުރިގޮތެއްގެ ސަބަބުން ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާއި މެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ބަންދެއްކޮށް ނުވަތަ އެމީހަކާއި މެދު ދައުވާ އެއްކޮށް ހަދައިގެން ނުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


9

ކކކކ

12-Jul-2020

އެއީ ހަމަ ޖާހިލެއް. ރަތްލާޖެހި ގުންޑާއެއް. އެންގްރީބާރޑެއް.


5

މުހައްމަދު ހުސައިން

27-Jun-2020

ޖާހިލުން އޮޅިއްޖެ. ކަލޯ މެން ވަރިހަމަ ރިސްވަތު ނަގައިގެން މީސްމީހުން އަށް ނުހައްގު ހުކުމް ކުރިޔަސް އެއީ ހަމަ އިންސާފު. އަގަ ފުޅާކޮށްފަ ފާޑުފާޑުގެ ވާހަކަ ދައްކާ ކަށް މާކަ ރީއްޗެއްނޫން.


3

މުހައްމަދު ހަސަން

27-Jun-2020

ހަޤީގީ ރަންގަޅު ވާހަކައެއް


8

މުހައްމަދު ރަޝީދު

27-Jun-2020

ޖާހިލަކައް ޖާހިލެއް ފެނުނީމަ ދެން ކިހެނެއް ޖާހިލެއް ހޯދާނި ފައިސާ ފޮއްޗެއް ލިބިޖެޔާ އެބަލާނެތަ ޖާހިލަކު ދިން ފައިސާާތޯ ރަނގަޅު އަދަދެއް ވިޔާ އަނބިމީހާ ވެސް ނާހާނެ ޖާހިލަކުދިން ފައިސާ ތޯއޭ


2

އަހުމަދު ނައީމް

27-Jun-2020

ހައިލަމުގެ އަސްލު ސިފަ ތިޔަހެރެ ފެންނަނީ. ގާޒީއަކަށް ޖާހިލެއް


2

އިލްޔާސް އަލީ

27-Jun-2020

ޖާހިލުނޫންމީހާ ރައްޔަތުންނައްއިންސާފުހޯދާއިދިނުމައްއިސްގާޒީކަމުގަހުރެ ސަރިއަތުގަވަކާލާތްކުރަންދާ ވަކީލުންއަތުން ލައްކައިން މިލިއަނުންރުފިޔާނަގަނީ އެއީތަންދޮރުއެނގޭވަގުންތަ ؟


18

އިބުރާހިމް ޒިޔާދު

27-Jun-2020

އެވަރުގެ ޖާހިލުން ހަދާގާނޫނު ތަކައް ތިވަރުގެ ޖާހިލުން ހުކުން ކުރަން ތިއުޅެނީ ރައްޔިތުންނައް އިގޭ ތިވެސް ޖާހިިލުނަކަން


14

ގައްބަރު

27-Jun-2020

މަޖުލީހުގަ މިއަދު ގިނައީ އިންތި ކަހަލަ ގުއިގަނޑުތައް


-6

ޏަކަސް

27-Jun-2020

ނަޖިހުން ޠާހިރުނުވާ ބަޔަކު އެހެން މީހުންނަށް ނަޖިހަށް ގޮވީމަ ތިބާގެ ގައިގައި ހުރި ނަޖިސް ފިލާނެތޯ.


14

ޖާހިލް

26-Jun-2020

އެމްޑީޕީ އެންމެ މަތިން ފެށިގެން ތިރިޔަށް ވަރަށް މަދު މީހަކު ފިޔަވާ ގިނަމީހުންނަކީ ލަދެއް ޙަޔާތެއް އަގަލެއް ކުލުނެއް ހުންނަ ބައެއްނޫން...... ކިރިޔާވެސް ބާރެއް އޮތިއްޔާ ތިމާމެންވަރުގެ ބަޔަކު ނެތިގެން އުޅޭނީ....މިހާރު މުޅި މަޖިލީހަށް ބަލާލިޔަސް މަޖިލީހުގެ ތިބީ އެމްޑީޕީގެ ބޮޑެތި ބޮޑެތި ޖާހިލުން ނުބައިވެގެން ކުރާ ހުރިހާ ނުބައިކަމެއް ކުރާ މީހުން...މިމީހުން ޤާނޫނު ހަދަން ތިބީމަ ދެން ޤައުމުގެ ކަންކަން ދާނެ މިސްރާބު ވިސްނާލާ އަދި ރައީސަކަށް އެއިނީ އެންމެ ބޮޑު ލާދީނީ ޖާހިލު....ޤައުމު ފަނާވެ އިޤަތިޞާދާ އިޖުތިމާޢީ ފޭރާން ހަލާކުވެ ފުނޑެމުންދާތަން މިފެންނަނީ....ރައްޔިތުން ބިކަވެ ނިކަމެތި ވަމުންދާތަން މިފެންނަނީ ދުރާލާ ރޭވިގެން ކުރާ މަސަތަކަތުގެ ތެރެއިން އިސްލާމްދީން ހަލާކުކޮށްލާ ނެތިކޮށް ލުމަށް ކުރާމަސަތަކަތް އިތުރުކޮށް ފުޅާ ކުރަމުންދާތަން މިފެންނަނީ......މާތް ﷲ މި ވެރިކަމުގެ ނިމުން އަވަސް ކުރައްވާށި....ޢާމީން


7

ރަސް

26-Jun-2020

މިހާރު ކޮބައިތޯ އަގަލާ ޙަޔާތާ އޮތް ބަޔަކީ. ޔާމީން އާ ދިމާލަށް ޖަމީލު ގޮވި ޙަޔާތް މަދީތޯ. މަުމޫން އާ ދިމާލަށް އެކި މީހުން ގޮވި ޙަޔާތް މަދީތޯ. އަންނި އަށް ނިސްބަތްކޮށް ޔާމީން ކުރި މަލާމާތަކީ ހަޔާތެއް ނޫންތޯ. މިހެން ކިޔާނެ ކަމެއްނެތް. ކޮންމެ ފެންވަރެއްގެ ކޮންމެ މީހަކުވެސް މިހާރު ހަމަ އެފަދަ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ


-13

އައްސިދުގު

26-Jun-2020

އެމްޑީޕީއަށް ތާއިދުވެސް ނުކުރާނެ ހަޔާތުގެ ކަންފުޅެއް ހުރިމީހަކު


10

އަބުލޯ

26-Jun-2020

އިންތި ކަލެއަކީ ނަޖިހައްވުރެން ހަޑިއެއްޗެއް


8

ސައުކަތު

26-Jun-2020

ޖައިލަމް ތިވިދާޅުވާ ވަރަށް ބޮޑު ތެދުފުޅެއް . މިހާރު މިފެންނަނީ ފައްކާ ޖާހިލުންތަކެއް ރައްޔިތުންގެ މަޖިލީސް ޚިސޯރުކޮށް ދިވެހިރާއްޖޭގެ އަމަން އަމާންކަން ގެއްލި ބިރުވެރި ނާމާން ދުވަސްވަރަވެފަ. އެންތާ ވަނީ ތަނުގެ އެންމެ ޝަރަފްވެރި ގޮނޑި އަށް މަކުނު ސަވާރުވެފަ.


-1

ނާޝިދު

26-Jun-2020

އިންތި އަކީ މާލޭގެ ބޮލި ވިއްކާ ފިހާރައެއްގައި އުޅުނު މީހެއް. ފަހުން ކުއްލިއްޔާގައި ހިންގި ޤާނޫނީ ކޯހެއްގައި ވެސް އުޅުނު. މިހާރު ހަޅޭލެވިޔަކަސް އެތެރޭގައި އެއްޗެއް ނެތް


3

ތިމަންނަ

26-Jun-2020

ހައިލަމަށް ތިޔަ ވިދާޅުވެވުނީ ℅200 ތެދެއް


4

ތުނިޔަ

26-Jun-2020

އެމް.ޑީ.ޕީ ގައިނުތިބޭނެ ހަޔާތެއް އަގަލެއް އަހުލާގެއް ހުރި މެމްބަރެއް މިއީ ހަގީގަތް



ޓްރެންޑިން