ވޯޓުހޯދަން އަންނަ މީހުނާ ކަނބަލުން ބައިޢަތު ހިފުން އޮންނަނީ ބައްދައި ހޭކިގަނެގެނެއްނޫން ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޒައިދު މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ބައެއް ކަނބަލުން ކެންޑިޑޭޓުންގެ ހަށިކޮޅުގައި ބައްދާ ގައިގޯޅިކޮށް ފޮޓޯނަގާ މަންޒަރުތައް މީސް މީޑިއާގައި ޢާއްމުވަމުން ދިއުމާ ގުޅިގެންނެވެ.
ޝައިޚް ޒައިދު ވިދާޅުވީ އެފަދަ ޢަމަލުތަކަކީ މުންކަރާތްތައް ކަމަށާއި އެކަންކަމާ ދުރުހެލިވާން ޖެހޭ ކަމަށެވެ. އަދި އަންހެން ކަނބަލުން ކަންކަމުގައި ބައިޢަތު ހިފުންއޮންނަނީ ހަމައެކަނި އަނގަބަހުން ކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.
“ތިޔަ ކަނބަލުންނަކީ ދީނުގައި ވަރަށް ޢިއްޒަތްތެރި ގަދަރުވެރި ބައެއް! ކަނބަލުން ބައިޢަތު ހިފުން އޮންނަނީ އަނގަބަހުން! ބައްދައި ހޭކިގަނެގެނެއް ނޫން! ވޯޓު ހޯދާން އަންނަ ހިލޭފިރިހެނުން ގައިގައި ބައްދައިހެދުމަކީ މުންކަރާތެއް!” ޒައިދު ވިދާޅުވެފައިވެއެވެ.
ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނީ ޕާޓީގެ އިސްލީޑަރ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިރޭ މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު