ނުރަސްމީ ދަތުރުފުޅެއްގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އަވައްޓެރި ލަންކާއާއި މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް އެއާރުއެމުން މިއަދު ބުނީ އަމިއްލަ ދަތުރުފުޅެއްގައި އެޕާޓީގެ ޒަޢީމް ރައީސް މައުމޫން ލަންކާއާއި މެލޭޝިޔާއަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ރައީސް މައުމޫންގެ މި ދަތުރުފުޅުގެ އިތުރު ތަފްސީލާއި އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނެ ދުވަހެއްވެސް އެމްއާރުއެމުން ހާމަކޮށްފައެއް ނުވެއެވެ.



އަމިއްލަ ދަތުރުފުޅެއްގައި ލަންކާއާ މެލޭޝިއާއަށް ރައީސް މައުމޫން ފުރާވަޑައިގެންނެވިއިރު، މީގެ ދުވަސްކޮޅެއް ކުރިން މައުމޫނަށްވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެވިފައެވެ.

ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކުރީ ލޭގެ ޕްރެޝަރ ދަށްވެގެން، ޓެސްޓްތަކެއް ހެދުމަށެވެ.



ކިޔުންތެރިންގެ ހިޔާލު