އެމްޑީޕީ މެމްބަރުންނަކީ ހޮރުހޮރަށް ވަދެ ފިލާ ބައެއް ނޫންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިމޭރުމުން ވިދާޅުވީ ސަރުކާރާމެދު މާޔޫސްވެފައިތިބި އެމްޑީޕީގެ މެންބަރުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނިހޮރުތަކުން ހިނި ނުކުންނަ މިސާލުގައި ފަތިފައްޗަށް ނުކުމެ އެމަނިކުފާނުގެ އަރިހަށް ޖަމާވަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވަމުން މޫކޭ ވިދާޅުވީ އެމްޑީޕީ މެމްބަރުންނަކީ ހޮރުހޮރަށް ވަދެ ފިލާ ބައެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަމަށް އާދެވޭނެ ފޯމިއުލާއެއް ނެތްކަމަށް ކަމަށްވެސް މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަމަށް އާދެވޭނީ އެއްވެސް މީހަކު ކުރިމަތި ނުލާ އިންތިޚާބެއްގައި ކަމަށެވެ. އަދި އެއީ ރައީސް ނަޝީދު ގޯސް ވެގެން ނޫން ކަމަށާއި ސިޔާސީ ދާއިރާގައި އެމަނިކުފާނު މާ ގިނަ ދުވަސްވުމުން ކަމަށް މޫކޭ ވިދާޅުވިއެވެ.
“އެމްޑީޕީ މެމްބަރުންނަކީ ހޮރުހޮރަށް ވަދެ ފިލާ ބައެއް ނޫން. ހޮރެއްގަ ލޯޖަހައިގެން ބެލިޔަސް އެމީހުން ނުފެންނާނެ.” މޫކޭ ވިދާޅުވެފައިވެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް، ހުވަދު އަތޮޅުގެ ރަށްރަށަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށެވެ.
އޭގެ އިތުރުން އެމްޑީޕީގެ މެންބަރުންތިބީ ސަރުކާރާމެދު މާޔޫސްވެފައި ކަމަށާއި އެމެންބަރުން އެމަނިކުފާނުގެ އަރިހަށް ޖަމާވަމުންދާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިހާބަށް ރައީސް ޞާލިޙާއި ރައީސް ނަޝީދު ގެންވަނީ ފޯރީގައި ކެމްޕެއިން ކުރަށްވަމުންނެވެ. ރައީސް ނަޝީދު ހުވަދު އަތޮޅުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު ރައީސް ޞާލިޙްގެ ބޮޑު ޖަލްސާއެއް މިރޭ މާލޭގައި އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު