6 މެއިގެ ހަމަލާ އަކީ ސަރުކާރުގެ ފަރުވާކުޑަކަމާ އަޅާނުލުމުގެ ނަތީޖާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު ޙަސަން ލަތީފަކީ ރައީސް ނަޝީދުގެ ކެމްޕޭނުގައި އެންމެ އިސްކޮށް އުޅުއްވާ އެއްފަރާތެވެ. އެގޮތުން ޙަސަން ވިދާޅުވެފައިވަނީ 6 މެއިގައި ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ޙަމަލާދީފައިވަނީ ސަރުކާރުން އެކަމުގައި އިހުމާލުވުމުގެ ސަބަބުން ކަމަށެވެ.
ޙަސަން ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ އަމާންކަމަށް އިސްކަން ދެއްވާކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް 6 މެއިގެ ޙަމަލާއާއި ގުޅުންހުރި ކަންތައްތަކުން ފެނިގެން ދިޔައީ އެމަންޒަރު ނޫން ކަމަށެވެ. އެގޮތުން ރައީސް ނަޝީދަށް ޙަމަލާދޭން އުޅޭކަމުގެ މަޢުލޫމާތު ސަރުކާރަށް ކުރިއްސުރެ ލިބިފައިވާ ކަމަށް ޙަސަން ވިދާޅުވިއެވެ.
“އެންމެ އިސްކަންދެނީ ރައްޔިތުންގެ އަމާންކަމަށޭ ރައީސް ސޯލިހް ވިދާޅުވާއިރު މާލޭ މަޖީދީމަގުގައި ބޮމެއް ގޮއްވާލައި ރައީސް ނަޝީދު މަރާލަން އުޅޭ ކަމުގެ އެތައް ބައިވަރު މައުލޫމާތެއް ލިބި ތިބެމެ އެކަން ހުއްޓުވުނު ކަމަކަށް ނުވި.” ޙަސަން ލަތީފް ވިދާޅުވިއެވެ.
ދާދިފަހުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ގއ. ދެއްވަދޫގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލަން ގޮއްވާލި ބޮމުން ހަށިކޮޅުގައި ލީ ލަކުނުތަކާއި ސިޔާސީ ކަންކަމުގައި އުޅުއްވައިގެން ލިބުނު އަނިޔާތަކާ އެކުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ޖެހިވަޑައިގަތީ ގައުމާއި އެމްޑީޕީއަށް ކޮންމެ ގޮތެއް ވާން ދޫކޮށްލެވެގެން ނެތިގެން ކަމަށެވެ.
ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6މެއި 2021 ދުވަހުގެ އިރާކޮޅު ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ޙަމަލާއަށްފަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުންވެސް ފަރުވާ ހޯއްދަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު