ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންވާފަދަ ސެކިއުލަރ ޤައުމަކަށް ދިވެހިރާއްޖެ ނުހެދޭނެ ކަމަށް ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޙަސަން ކުރުސީގެ ނަމުގައި ޓްވިޓަރގައި ޙަރަކާތްތެރިވާ ކާކުކަން ކަށަވަރުނުވާ މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދު ބޭނުންވާފަދަ ސެކިއުލަރ ޤައުމަކަށް ދިވެހިރާއްޖެ ނުހެދޭނެ ކަމަށެވެ.
ޑރ. އިޔާޒް ވިދާޅުވީ ދިވެހިރާއްޖެއަކީ ޤާނޫނީގޮތުން ސައްތަ އިންސައްތަ އިސްލާމީ ޤައުމެއް ކަމަށެވެ. އެހެންކަމުން ކިތަންމެ ރުޅިއައި ނަމަވެސް ސެކިއުލަރ ޤައުމަކަށް ރާއްޖެ ހެދުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދޭނެކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
“މި ޤައުމުގެ ނަމަކީ ދިވެހިރާއްޖެ. މިޤައުމުގެ ދީނަކީ އިސްލާމްދީން.” ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް މިފަދަ މޭރުމަކުން ރައީސް ނަޝީދަށް އަމާޒުކޮށް ބަހުގެ ޙަމަލާއެއް ދެއްވާފައިވާއިރު “ޙަސަން ކުރުސީ”ގެ ނަމުގައި މީސްމީޑިއާގައި ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޑރ. އިޔާޒަށާއި ޝައިޚް ޒައިދަށް ނިސްބަތްކޮށް ރާއްޖެއަކީ އަފްޣާނިސްތާން ނޫން ކަމަށް ބުނެފައެވެ.
ޙަސަން ކުރުސީ އިތުރަށް ބުނެފައިވަނީ ރާއްޖެއަކީ މޮޑާން ސޮސައިޓީއަކަށް ބަދަލުވަމުންދާ ޤައުމެއް ކަމަށެވެ. އަދި ޑރ. އިޔާޒްމެން ބޭނުންވާހާ ގޮތަކަށް މީހުން ނޫޅޭނެ ކަމަށާއި އެބޭފުޅުން ޖެހޭނީ ވަހުޝީކަމާއެކީގައި ތާކިހާ އަޅައިގެން ޓުއީޓް ކޮށްލަކޮށްލާ ތިބެން ކަމަށް ޙަސަން ކުރުސީ ވަނީ ބުނެފައެވެ.

މިއީ ޤާނޫނީގޮތުން 100% އިސްލާމީ ޤައުމެއް. މި ޤައުމުގެ ނަމަކީ “ދިވެހިރާއްޖެ”. މިޤައުމުގެ ދީނަކީ އިސްލާމްދީން. ވީމާ @MohamedNasheed ބޭނުންވާފަދަ ސެކިއުލަރ ޤައުމަކަށް, އިންޝާالله މިތަނެއް ނުހެދޭނެ. الله ގެ ރަޙްމަތާއި އެކު އެފުރުޞަތުވެސް ލިބަޔަކަ ނުދޭނަން, “ރުޅިއައިސްގެން މަރުވޭ” https://t.co/k22pqs9zV6
— Dr.Mohamed Iyaz (@dr_iyaz) January 20, 2023
ޑރ. އިޔާޒް މިފަދަ މޭރުމަކުން ރައީސް ނަޝީދަށް އަމާޒުކޮށް ބަހުގެ ޙަމަލާއެއް ދެއްވާފައިވާއިރު “ޙަސަން ކުރުސީ”ގެ ނަމުގައި މީސްމީޑިއާގައި ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޑރ. އިޔާޒަށާއި ޝައިޚް ޒައިދަށް ނިސްބަތްކޮށް ރާއްޖެއަކީ އަފްޣާނިސްތާން ނޫން ކަމަށް ބުނެފައެވެ.
ޙަސަން ކުރުސީ އިތުރަށް ބުނެފައިވަނީ ރާއްޖެއަކީ މޮޑާން ސޮސައިޓީއަކަށް ބަދަލުވަމުންދާ ޤައުމެއް ކަމަށެވެ. އަދި ޑރ. އިޔާޒްމެން ބޭނުންވާހާ ގޮތަކަށް މީހުން ނޫޅޭނެ ކަމަށާއި އެބޭފުޅުން ޖެހޭނީ ވަހުޝީކަމާއެކީގައި ތާކިހާ އަޅައިގެން ޓުއީޓް ކޮށްލަކޮށްލާ ތިބެން ކަމަށް ޙަސަން ކުރުސީ ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު