ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިންސާނީ ޙައްޤުތަކުގެ ނަމުގައި ދިވެހިރާއްޖޭގައި އިސްލާމްދީނާ ޚިލާފު ފިކުރުތަކާއި ވިސްނުންތައް ފެތުރުމަށް ޖާގަދީގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ ހުޅަނގުގެ އިންސާނީ ޙައްޤުގެ ފަލްސަފާގެ ތެރޭގައި ހިމެނޭ އިސްލާމްދީނާ ޚިލާފު ކަންކަން އެއީ އިންސާނީ ޙައްޤުތަކުގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ޑރ. ޝަހީމް އިޝާރަތް ކުރައްވާ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވަނީ "އެބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކަހާ ޚިލާފުނުވާ ގޮތުގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މިޤާނޫނު އަސާސީ ކަށަވަރުކޮށްދެއެވެ."   މިފަދައިންނެވެ.

އެމާއްދާއާއި އެނޫންވެސް އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އިންސާނީ ޙައްޤުތައް ދިނުމަށް ލިޔެފައިވާ މާއްދާތަކަށް ހަވާލާ ދެއްވައި ޑރ.ޝަހީމް ވިދާޅުވީ ޤާނޫނު އަސާސީ ބުނާ ގޮތުން ހުޅަނގުގެ އިންސާނީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނާ ޚިލާފު ކަންކަން ރާއްޖޭގައި އިންސާނީ ޙައްޤުތައް ކަމުގައި ބަލައިނުގަނެވޭނެ ކަމަށެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތާ ޚިލާފު ކަންކަމަކީ ޙައްޤުތަކެއް ނޫން ކަމުގައިވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމްދީނާ ޚިލާފު ފިކުރުތަކާއި ވިސްނުންތައް ރާއްޖޭގައި ފަތުރަން ފުރުޞަތު ދީގެންނުވާނެ ކަމުގައެވެ. ހަމައެހެންމެ ޤާނޫނު އަސާސީއާއި އިސްލާމްދީނާއި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރަންޖެހޭނެ ކަމުގައިވެސް ޝަހީމު ވިދާޅުވިއެވެ. 



އިސްލާމްދީން ހިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒުނުކުރުމަށް އެއްވެސް ބަހަނާއެއް އުޒުރެއް އޮވެގެން ނުވާނެ ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު ދިވެހިރާއްޖޭގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ "އުތެމަ"އިން އަންނަނީ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް ރާއްޖޭގައި ހުރަސް އަޅާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ. އެޖަމިއްޔާއިން އަންނަނީ ޑރ. ޝަހީމު ފާހަގަ ކުރެއްވި ފަދަ ހުޅަނގުން ބޭނުންވާ އިސްލާމްދީނާއި ދެކޮޅު އިންސާނީ ހައްގުތައް ރާއްޖޭގައި ލިބިދިނުމަށް ވަކާލާތު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


10

ނާޖީ މުހާ

27-Jun-2020

ސިޔާސީ ގޮތުން ކުރިއެރުން ހޯދުމަށް ދީން ހަތިޔާރަކަށް ހައްދަވައި ދީނުގެ ނަމުގަ އެތަކެއް ނާޖާއިޒް ފައިދާތަކެއް ނަގާ، އެތަކެއް ޖަރީމާތަކެއް ނިސްބަތްވާ ސިޔާސީ މީހުން ހިންގަމުންދާއިރު އެފަދަ ފަރާތްތަކާއެކު ދީނީ އިލްމްވެރިން ޑީލްހަދާ ތާއީދުކުރުމަކީ ދީނަށް ފުރައްސާރަކޮށް އިލްމުވެރިންނަށް މީހުން ބަދުބަސް ބުނާ މައިގަނޑު އެއް ސަބަބު...


1

ނާޖީ މުހާ

27-Jun-2020

ސިޔާސީ ގޮތުން ކުރިއެރުން ހޯދުމަށް ދީން ހަތިޔާރަކަށް ހައްދަވައި ދީނުގެ ނަމުގަ އެތަކެއް ނާޖާއިޒް ފައިދާތަކެއް ނަގާ، އެތަކެއް ޖަރީމާތަކެއް ނިސްބަތްވާ ސިޔާސީ މީހުން ހިންގަމުންދާއިރު އެފަދަ ފަރާތްތަކާއެކު ދީނީ އިލްމްވެރިން ޑީލްހަދާ ތާއީދުކުރުމަކީ ދީނަށް ފުރައްސާރަކޮށް އިލްމުވެރިންނަށް މީހުން ބަދުބަސް ބުނާ މައިގަނޑު އެއް ސަބަބު...



ޓްރެންޑިން