ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ އެންމެންގެ އަޑުއައްސަވާ ޓީމް ލީޑަރެއް ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް މިރޭ ވިދާޅުވީ ރައީސް ޞާލިޙަކީ ޓީމް ކެޕްޓަނެއް ކަމަށާއި، ޓީމް ލީޑަރެއް ކަމަށެވެ.
އެގޮތުން ރައީސް ޞާލިޙް ފާހަގަކުރެވެނީ ދިމާވާ ކޮންމެ ދައްޗެއްގައި ޓީމަށް ހިއްވަރުދެއްވައި އަދި ޚިޔާލު ތަފާތުވީ ނަމަވެސް އެންމެންގެ އަޑުއައްސަވާ ބޭފުޅެއްގެ ގޮތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
“ރައީސް ޞާލިހަކީ ޓީމް ކެޕްޓަނެއް. ޓީމް ލީޑަރެއް. ކުރައްވާ ކޮންމެކަމެއް ކުރައްވާނީ ޓީމާއެކީގައި. ކުރައްވާ ހުރިހާ މަސައްކަތްތަކެއްގައި ޓީމް ބައިވެރިކުރާނެ. ކޮންމެ ފަޚުރެއްގައި އެޓީމުގެ ބައިވެރިވުން އޮވޭ. އަދި ދިމާވާ ކޮންމެ ދައްޗެއްގައި ޓީމަށް ހިތްވަރު ދެއްވާ. މިކަމުގައި އެންމެ އަސާސީ ސިފައަކީ އަޑުއެއްސެވުން.” މަބްރޫކް މިރޭ ވިދާޅުވިއެވެ.
މަބްރޫކް މިރޭ ވިދާޅުވީ ރައީސް ޞާލިޙަށް އިތުބާރު ކުރަނީ ދިވެހިންނާއެކު، ދިވެހިންގެ ވެރިކަމެއް ގެނެސްދޭނެތީ ކަމަށެވެ. އެގޮތުން ކޯވިޑް-19 އިން އަރައިގަތުމަށް ކުރި މަސައްކަތަކީ ރައީސަށް ތާއީދު ކުރަން ނިންމި އެއް ސަބަބު ކަމަށާއި އަނެއް ސަބަބަކީ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ތަޢުލީމީ ޖީލެއް ބިނާކުރެއްވުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރައީސް ޞާލިޙަކީ މިހާތަނަށް އައި ރައީސުންގެ ތެރެއިން އެންމެ ގިނަ އަތޮޅުތަކުގެ ކައުންސިލްތަކާ ބައްދަލު ކުރެއްވި ރައީސް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ހަމައެއާއެކު ރާއްޖޭގައި އެއްވެސް ޕާޓީއަކަށް އެކަނި ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތު ރާއްޖޭގައި ތަފާތު ފިކުރާއި އެކު މަސައްކަތް ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޞާލިޙްކަން މަބްރޫކްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު މިރޭ މާލޭގައި ރައީސް ޞާލިޙް ބާއްވަވަމުން ގެންދަވާ ބޮޑު ޖަލްސާއަށް ގިނަބަޔަކު ވަނީ ޙާޟިރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު