މަކުނުދޫ
މަކުނުދޫ
އެއްޖިއްސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ފިރިހެނަކު މަކުނުދޫއިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި މަކުނުދޫ އިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަކުނުދޫގައި ބަޔަކު އެއްޖިންސުން ގުޅުން ހިންގާކަމަށްބުނެ އިއްޔެ ހަވީރު 18:00 ހާއިރު ފުލުހުންނަށް މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައި ވާކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލަ މިހާރު ތަހްޤީގު ކުރަމުންދާކަމަށް ފުލުހުން ބުނެ އެވެ.

މަކުނުދޫގައި ދެ ފިރިހެނަކު ޖިންސީ ގުޅުން ހިންގާ ވީޑީއޯ އެއް މިހާރު ވަނީ ލީކުވެފައެވެ. އެމައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރު ނުކޮށްގެން އެރަށުގައި އިއްޔެ ވަނީ މުޒާހަރާވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން