ޣައްދާރުންނާއެކު ރައީސް ޔާމީން މަސައްކަތް ނުކުރަށްވާނެކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
އަދުރޭ މިމޭރުމުން ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީން އޯކޭ ނޫން ކަމަށާއި ޔާމީނާއެކުގައި ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމާ ގުޅީގެންނެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕޭން ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙަށް ރައްދު ދެއްވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި އަދުރޭ ވިދާޅުވީ ގައުމުގައި ތިބި ޣައްދާރުންނާއެކު މަސައްކަތް ކުރެއްވުމަށް ރައީސް ޔާމީން ނޫޅުއްވާ ކަމަށެވެ. އަދި އެއީ ދުވަހަކުވެސް ރައީސް ޔާމީން ކުރަށްވާނެ ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.
“ރައީސް ޔާމީނަކަށް ގައުމުގެ ޣައްދާރުން އޯކޭއެއްނޫން.” އަދުރޭ ވިދާޅުވެފައިވެއެވެ.
ރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ރައީސް ޔާމީނާއިއެކު ސިޔާސީގޮތުން ކުރިއަށް ދިޔުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ވެސް އެކަން އެގޮތަށް ކުރެވެން ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީ ޕްރައިމަރީގެ ވާދަވެރި ކެންޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު، ރައީސް ޔާމީނަށް ތާއީދު ކުރައްވާ ވާހަކަފުޅުތަކެއް ދައްކަވާފައިވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމީނާއި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ އިންޑިއާ އައުޓު ކެމްޕޭން ކަމަށެވެ. އަދި ޔާމީނަކީ ވިޝަނަރީ ބޭފުޅެއް ކަމަށާއި ނޮލެޖު ހުރި ބޭފުޅެއްކަމަށް ވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

@prz_ymn ނޫޅުއްވާ ގައުމުގައި ތިބި ޣައްދާރުންނާ އެކު މަސައްކަތް ކުރައްވާކަށް.އެކަމެއް ދުވަހަކުވެސް ނުކުރައްވާނެ. @prz_ymn އަކަށް ގައުމުގެ ޣައްދާރުން އޯކޭއެއްނޫން.ދިވެހި ތާރީޚު މިހާތަނަށް ދުށް އެންމެ ބޮޑު ޣައްދާރަކީ @ibusolih #RY2023 #RayyithungeCandidate #IndiaOut #HOPEconference
— Abdul Raheem Abdulla (@Banafsaa) January 20, 2023
ރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ރައީސް ޔާމީނާއިއެކު ސިޔާސީގޮތުން ކުރިއަށް ދިޔުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ވެސް އެކަން އެގޮތަށް ކުރެވެން ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީ ޕްރައިމަރީގެ ވާދަވެރި ކެންޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު، ރައީސް ޔާމީނަށް ތާއީދު ކުރައްވާ ވާހަކަފުޅުތަކެއް ދައްކަވާފައިވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމީނާއި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ އިންޑިއާ އައުޓު ކެމްޕޭން ކަމަށެވެ. އަދި ޔާމީނަކީ ވިޝަނަރީ ބޭފުޅެއް ކަމަށާއި ނޮލެޖު ހުރި ބޭފުޅެއްކަމަށް ވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު