މިއަހަރުގެ ފުރަތަމަ 18 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރީ 97،873 ފަތުރުވެރިންކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ 18 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 22.8 އިންސައްތަ ވަނީ އިތުރުވެފައެވެ. މިިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 79،718 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 5،437 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެޤައުމުން 15،218 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެއިތުރުން އިޓަލީގެ 10،660 ފަތުރުވެރިންނާއި އިންޑިއާގެ 9،242 ފަތުރުވެރިންވެސް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ބައިނަލްއަގުވާމީ 36 އެއާލައިނަކުން ދަތުރުތައް ބާއްވާއިރު މިހަފްތާގައި ހުޅުވުނު ޗައިނާ މާކެޓާއެކު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ބޮޑުތަނުން އިތުރުވެގެންދާނެކަމަށް ސަރުކާރުން ލަފާކުރަށްވައެވެ.

ކިޔުންތެރިންގެ ހިޔާލު