ރައީސް ނަޝީދުގެ ވެރިކަމުގައި މާލޭ ރައްޔިތުންނަށް ދިނީ އެންމެ 250 ގޯތިކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އަނދުން ޙުސައިން ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި މާގިނަ ގޯތި ދެވުނު ކަމަށް ހީކުރެވުނު ނަމަވެސް އެއީ ވަރަށް މަދު އަދަދެއް ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި މާލޭ ރައްޔިތުންނަށް ދިނީ އެންމެ 250 ގޯތި ކަމަށް ހުސައިން ޝަހީމް ވިދާޅުވިއެވެ.
އަނދުން ޙުސައިން ވިދާޅުވީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރައީސް ޞާލިޙް ފަށްޓަވާނީވެސް ފަސްހާހުން ކަމަށެވެ. ހަމައެއާއެކު ޕީއެސްއައިޕީގެ ދަށުން މުޅި އަތޮޅުތެރޭގައި 2430 ޔުނިޓްގެ މަސައްކަތް ކުރިއަށް ދާކަމަށް އަނދުން ޙުސައިން ވަނީ ވިދާޅުވެފައެވެ.
“އެންމެ 250 ގޯތި ދެވިގެން އުޅެނީ. އެއީ ހިސާބު ނޭނގޭތީ. މާލޭގެ ރައްޔިތުންނަށް ބޭނުންވަނީ ކިތައް ގޯތިކަން ހިސާބު ޖަހަން ނޭނގޭތީ. ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފައްޓަވަނީ ވެސް ފަސްހާހުން.” އަނދުން ޙުސައިން ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ބަލާލާއިރު 16،400 ފްލެޓާއި ގޯތި ކެނޑުމުގެ މަޝްރޫއު ފެށިގެން ކުރިއަށްދާކަމަށް އަނދުން ޙުސައިން ވިދާޅުވިއެވެ. އޭގެތެރޭގައި މާލޭ ރައްޔިތުންނަށް ޚާއްސަކޮށް އެޗްޑީސީގެ ފަރާތުން 7595 ފްލެޓް އަޅާނެކަމަށް އަނދުން ހުސައިން ފާހަގަ ކުރެއްވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ މާލޭގެ ތޮއްޖެހުން ކުޑަކޮށް މުޅި މާލެއަށް ހަމަ ނޭވާއެއްލުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ބިންކަނޑާ އިންވަކިކޮށް ގޯތި ދެއްވާނީ ހަމަ އެމަނިކުފާނު ކަމުގެ ޔަގީންކަން ވެސް ރައީސް ރޭ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު