މ.ވޭވަށް
މ.ވޭވަށް
މ. ވޭވަށުގެ އައު ބަނދަރު ފުންކުރުމާއި ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. 

އެމްޓީސީސީ އިން ބުނީ މިމަހުގެ 22 ވަނަ ދުވަހު އެރަށުގެ ބަދަރުގެ ވަށާ ޖަހާ ކޮންކުރީޓު ފާރު ޖެހުމަށް ބޭނުންވާ ޔުނިޓުތައް މަސައްކަތްކުރާ ތަނަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު އެމްޓީސީގެ ޓީމުން ތައްޔާރުވަމުންދަނީ އެފާރު ހަރުކުރުމުގެ މަސައްކަތް ފެށުމަށް ކަމުގައިވެސް އެކުންފުނިން ބުނެއެވެ.

މިމަޝްރޫޢުގެ ދަށުން ބިނާކުރާ ބަނދަރުގެ 3.5 މީޓަރުގެ ކޮންކުރީޓު ފާރެއް ނުވަތަ ކުއާއޭ ވޯލެއް ހުންނާނެ ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ.  އެމްޓީސީސީ އިން ބުނީ ބަނދަަރާ ގުޅިގެން ހިއްކަންޖެހޭ 56،925 އަކަ މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ޖޫން މަހުގެ 18ވަނަ ދުވަހު އެކުންފުނިން ނިންމާފައިވާ ކަމަށެެވެ.

މިމަޝްރޫޢުގައި ހިމެނޭ ކަންކަމުގެ ތެރޭގައި 350 މީޓަރުގެ ބްރޭކްވޯޓާއެއް އަދި 130 މީޓަރުގެ ރިވެޓްމެންޓުގެ މަސައްކަތް ހިމެނޭ ކަމުގައިވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން